ފިރިހެނުން އެ މީހުންގެ ރަހުމަތްތެރިންނާއި އެކު، ޚާއްސަކޮށް ފިރިހެން ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަކުރުމަކީ އެއީ ވަގުތު ބޭކާރު ކުރުންކަމުގައި ދެކޭ މީހުން މަދެއް ނޫނެވެ. ޚާއްސަކޮށް ކޮފީއަކަށް ގޮސް އަނގަތަޅާލަން ދިއުން، މަސްދަތުރެއް ދިއުން، ކުޅިވަރު ކުޅެން ދިއުން ފަދަ ކަންކަމަކީ މާ މުހިންމު ކަމެއް ކަމަކަށް އެފަަދަ މީހުންނެއް ނުދެކެއެވެ. އެހެންނަމަވެސް ހަގީގަތް އޮތީ މިއާ ދިމާ އިދިކޮޅަށެވެ.

ސައިކޮލޮޖިސްޓް ޑރ.އެންޑްރިއޯ ބިނޯ ލިޔުމެއްގައި ލިުއްވާފައިވާ ގޮތުން ފިރިހެން ރަހުމަތްތެރިންގެ މެދުގައި އޮންނަ ގުޅުމަށް އެފަދަ ފާޑުކިޔުންތައް އަމާޒުކުރުމަކީ އެއީ ދުޅަހެޔޮކަމެއް ނޫނެވެ. އެއީ ފިރިހެނުން ނަފްސާނީ ގޮތުން އެކަކު އަނެކަކަށް ބަރޯސާވާ ވުމަކީ އެއީ ބޭކާރު ކަމެއްގެ ގޮތުގައި ދޭހަކޮށްދޭ ކަމެއް ކަމަށާއި، އޭގެ ސަބަބުން ދަތި ކަމަކާއި ދިމާވާ އިރު ބަރޯސާ ވާނެ ބަޔަކު ނުތިބުން އެކަށީގެންވާ ކަމަށް އޭނާ ބުނެއެެވެ.

ފިރިހެނުންނަކީ ގިނަ ފަހަރު އެހެން ފިރިހެނުންނަށް ފަސޭހައިން ބަރޯސާ ކުރާ ބައެކެވެ. އަދި އެ މީހުންނާއި ވާހަކަތައް ހިއްސާކޮށް ވަގުތު ހޭދަކޮށްލުމަކީ ފޫހި ފިލާ، ވިސްނުން ކުޑަކޮށްދޭ ކަމެކެވެ. އެހެންކަމަށް ވާއިރު، އާއިލާ އާއި މަސައްކަތަށް ވަގުތު ދޭ ފަދައިން ފިރިހެނުންނަށް އެކުވެރިންނާއި އެކު ގުޅުން ބަދަހިކޮށް ވާހަކަދެއްކުމަކީ ވެސް އެހާމެ މުހިންމުކަމެކެވެ.

އަދި ދުޅަހެޔޮ ނަފްސާނީ ސިއްހަތަކަށްޓަކާ ފިރިހެނުން ރަހުަމތްތެރިންނާއި އެކު ހޭދަކުރާ ވަގުތަކީ މީހަކު ރުޅި އައިސް ދެރަވެދާނެތީ ބިރު ނުވަނެ، އެކަމާއި ނުވިސްނާ ހޭދަކުރާ ވަގުތުތަކަކަށް ވުން މުހިންމު ކަމަށް ވެސް އެންޑްރިއާގެ ލިޔުމުގައިވެއެވެ.

އަދި މުޖުތަމައު އެފަދަ ގާތް ރަހުމަތްތެރިކަން ބަލައި ނުގަނެ، ޖޯކު ޖެހުމަކީ ފިރިހެނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އޭގެއިން އަސަރުކޮށް، އެކަނިވެރި ވާން މަގުފަހިވާ ކަމަށް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސްނޭޕް

    މަންޖެ އަދި މިހެން ލިޔުނަސް ވިސްނޭ މީހެކޭ ނުބުނާނަން

    8
    1
  2. ކަމަނަ

    އެމަމަކު ބައެއްފަހަރު ފިރިހެނުން ފިރިހެނުންނާއި އެކު އުޅުމުގެ ހިތިރަހަ ދަނީ ފެންނަމުން.. މިސާލަކަށް ބަލާނަމަ ހިރިލަންދޫގައި ގިނގާފަ ހުރިކަ

    5
    2