ޓްވިޓާގައި އެ ފިލުމަކާއި ބެހޭގޮތުން މި އަހަރު އެންމެ ގިނައިން ވާހަކަދެކެވިފައިވާ 5 ފިލުމެއްގެ ނަން މިއަދު ޓްވިޓާއިން ހާމަކޮށްފިއެވެ.

މި އަހަރު ޓްވިޓާގައި އެންމެ ގިނައިން ވާހަކަދެކެވިފައިވާ ހިންދީ 5 ފިލުމަކީ:

ދިލް ބެޗާރާ

ސުޝާންތު ސިންގ ރާޖުޕޫތުއާއި ސަންޖަނާ ސެންގީ ފެނިގެންދިޔަ މި ފިލުމަކީ ކާސްޓިން ޑައިރެކްޓަރ މުކޭޝް ޗާބްރާ ޑައިރެކްޓްކޮށްފައިވާ ފިލުމެކެވެ. މި ފިލުމުގެ ވާހަކަ އެންމެ ގިނައިން ދެކެވިފައިވަނީ މި ފިލުމަކީ ސުޝާންތުގެ އެންމެ ފަހުގެ ފިލުމަށް ވާތީ ކަމަށް ރިޕޯޓްތަކުގައިވެއެވެ. ސުޝާންތު މަރުވެފައިވަނީ މި އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ.

ޗަޕާކް

އެސިޑްގެ ޝިކާރައަކަށްވެފައިވާ ކުއްޖެއްގެ ހިތްވަރުގަދަ ވާހަކަ ކިޔައިދޭ މި ފިލުމުން ފެނިގެން ދިޔައީ ދީޕިކާ ޕަޑުކޯންއެވެ. ފިލުމުގެ ކުރިން ދީޕިކާ ވަނީ އެސިޑްގެ ޝިކާރައަށް ވެފައިވާ ކުދިންނަށް ސަޕޯޓްކޮށް ވާހަކަ ދައްކާފައެވެ. ފިލުމު ރިލީޒް ކުރުމަށްފަހު ގިނަ ފަރާތްތަކުން ބުނަމުން ދިޔައީ އެއީ ފިލުމުގެ ޕްރޮމޯޝަންއަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ބޮއިކޮޓްޗަޕާކްގެ ހޭޝްޓެގްގައި ގިނަ ބަޔަކު ވަނީ ޓްވިޓާ ކޮށްފައެވެ.

ތާނާޖީ

އަޖޭ ދޭވްގަންއާއި ސައިފް އަލީ ޚާން ފެނިގެން ދިޔަ މި ފިލުމާއި ޚިލާފަށް ކޭސްއެއް ރަޖިސްޓްރީ ކުރެވުނެވެ. މި މައްސަލައާއި ގުޅިގެން ޓްވިޓާގައި މި ފިލުމުގެ ވާހަކަ ގިނައިން ދައްކައިފައިވެއެވެ.

ތައްޕަޅް

ތާޕްސީ ޕަންނު ފެނިގެން ދިޔަ އަބިނާވްގެ މި ފިލުމުގައި ދައްކުވައިދީފައިވާ ގުޅުމެއްގެ ތެރޭގައި ހިނގާފައިވާ ކަންތައްތަކާއި މެދު ޓްވިޓާގައި ވަރަށް ގަދައަށް ބަހުސް ކުރެވުނެވެ.

ގުންޖަން ސަކްސޭނާ

ނެޓްފުލިކްސްއިން ދެއްކި މި ފިލުމުން ފެނިގެން ދިޔައީ ޖާންވީ ކަޕޫރެވެ. މި ފިލުމުގައި ވެސް ބައެއް ބެލުންތެރިނަށް ގަބޫލު ނުކުރެވޭ ކަންތައްތަކެއް ހުރުމުން މި ފިލުމާއި ދެކޮޅަށް ވެސް މައްސަލައެއް ހުށަހެޅި އެ ވާހަކަ ޓްވިޓާގައި ގަދައަށް ދެއްކިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ތާނާޖީ ތީ ބަލާވަރު އެއްޗެއް ނޫން.. އަގުބޮޑު ސްޓާރުން ލައިގެން.. ޓީވީ ސީރިއަލް ކޮލެޓީ ފިލުމެއް ކުޅެފަ