އިންޑިއާގެ ރަޖަންތާންގެ ކޮޓާ ސިޓީގެ ހޮސްޕިޓަލެއް ކަމަށްވާ ޖޭޖޭ ލޮން ހޮސްޕިޓަލްގައި އަށް ގަޑިއިރު ތެރޭގައި ތުއްތު ކުދިންތަކެއް މަރުވެ، އެތައް ބަޔަަކަށް ހާސްކަން ވެރިވެއްޖެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އަށް ގަޑިއިރު ތެރޭގައި އެ ހޮސްޕިޓަލުން ނުވަ ކުއްޖަކު ވަނީ މަރުވެފައެވެ. މަރުވި ކުދިންގެ އުމުރަކީ އެއް ދުވަހާއި ހަތް ދުވެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު 35 ދުވަސް ތެރޭގައި 100 ކުޑަކުދިން އެ ހޮސްޕިޓަލްގައި މަރުވެފައި ވެއެވެ.

ކުދިންތަކެއް މަރުވި އެ މައުލޫމާތު ލިބުމާއެކު ޑިސްޓްރިކްޓުގެ ވެރިން ވަނީ އެ ހޮސްޕިޓަލަށް ގޮސްފައެވެ. އަދި އެތަނަށް ދިޔަ ވެރިޔާ ވަނީ ވަގުތުން އިތުރު ނަރުުހުންނާއި ޑޮކްޓަރުން އެތަނަށް ގެނައުމަށް އޯޑަރު ދީފައެވެ.

އަދި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ރާގޫ ޝަރްމާ ވަނީ އެކަމުގެ ތަފްސީލު ރިޕޯޓެއް އޭނާއާ ހާމައަށް ގެނައުމަށްއެދިފައެވެ.

އެ ކުދިން މަރުވެފައި ވަނީ، އިއްޔެ އެވެ. އެ ހޮސްޕިޓަލްގެ މެޑިކަލް ސުޕްރިންޓެންޑެންޓް އެސް.ސީ ޑުލާަވާ ބުނީ، މަރުވި ނުވަ ކުދިންގެ ތެރެއިން އޭގެ ތެރެއިން ތިން ކުއްޖަކީ އެ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުގެ ތުންފަތް މަތީގައި ތިބި ކުދިން ކަަމަށާއި، އެކަން އާއިލާއަށް ވަގުތުން އެންގި ކަމަށެވެ.

އަދި އިތުރު ތިން ކުއްޖަކު މަރުވެފައި ވަނީ އުފުދުމުގައި ހުންނަ އުނި ކަމެއްގެ ސަބަބުންމަރުވި ކުދިން ކަމަށެވެ. އަދި ދެން ތިބި ތިން ކުދިން މަރުވީ ކުއްލިއަކަށް ކަމަށްވެސް ބުނެފައި ވެއެވެ.

ޝަރްމާ ވަނީ، އެ ހޮސްޕިޓަލްގެ އެޑްމިނިސްޓްރޭޝަންއަށް އަލަށް ވިހާ ކުދިންނަށް ރަނގަޅު ފަރުވާ ދިނުމަށް ވަރަށް ހަރުކަނިކޮށް މައުލޫމާތު ދީފައެވެ. އަދި އޭނާ ވަނީ ހޮސްޕިޓަލްގެ އިހުމާލުން ކުދިން މަރުވާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޭޑް

    ގަސްތުގާ މީހަކު މެރުން މުޅި އިންސާނިއްޔަތު މެރުން ފަދަ. އިންނާ ލިﷲ ވައިންނާ އިލައިހި ރާޖިޢޫން