ބޮލީވުޑް ކުޅަދާނަ އެކްޓަރު އަރްޖުން ރާމްޕާލް އާއި އޭނާގެ އަނބިމީހާ މެހެރް ރާމްޕާލްގެ ދުވަސްވީ ކައިވެނި ނިމުމަކަށް އައިސްފިއެވެ.

އަރުޖުން އާއި މެލެރް ވަކިވާން އުޅޭކަމުގެ އަޑުތަށް ފެތުރިފައިވާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް އެކަން ކަށަވަރު ވެގެން ދިޔައީ ދާދީ ފަހުން އެ ދެތަރިން އެކުގައި ދިން ބަޔާނުގައެވެެ.

އެ ބަޔާނުގައި ދެ މީހުން ބުނެފައިވަނީ ދެމީހުން ވަކިވާން މީގެ ކުރިން ހިތަށްވެސް ނާރާ ކަމަށާއި ނަމަވެސް މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމުގައެވެ،. އަދި އެއްވެސް ހާލެއްްގައި ފަސޭހަ ނިންމުމެއް ނޫން ކަމަށާއި އެއީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށްވެސް ދެ ތަރިން ވަނީ ބުނެފައެވެ.

އަދި ދެމީހުންގެ ގުޅުން ނިމުނު ނަމަވެސް، ދެމީހުންގެ ދެމެދުގައި އޮތް ލޯތްބާއި އިހްތިރާމަށް ބަދަލެއް ނާންނާނެ ކަމަށާއި، އެމީހުންގެ ކުދިންގެ ކަންކަމުގައި ދެމީހުންގެ ބައިވެރިވުން އަބަދުވެސް އޮންނާނެ ކަމުގެ ޔަގީންކަން ދޭ ކަމުގައިވެސް ބަޔާނުގައިވެއެވެ.

20 އަހަރަށް ފަހު ދެމީހުން ވަކިވާން ނިންމި އިރު ކައިވެންޏަށް ދެކުދިން ވަނީ ލިބިފައެވެ. އެއީ މައިރާ (13) އާއި. މަހިކާ (16) އެވެ.

އަރްޖުން އާއި މެހެރް ކައިވެނި ކޮށްފައި ވަނީ 1998 ވަނަ އަހަރު އެވެ. މެހެރް އަކީ އިންޑިއާގެ ކުރީގެ ރީތީގެ ރާނީ އެއްގެ އިތުރުން މަޝްހޫރު މޮޑެލްއެއްވެސް މެއެވެ. އަދި އަރްޖުން އަކީ "އޯމް ޝާންތި އޯމް" ފަދަ ފިލްމު ތަކުގެ އިސް ރޯލުތަކުން ފެނިގެން ގޮސްފައިވާ ފަންނާނެކެވެ.

ކިޔުންތެރިންގެ ހިޔާލު