ހިންދީ ފިލުމު އިންޑަސްޓްރީއަށް މި އަހަރަކީ ކައިވެނި ތިޔާގި އަހަރެކެވެ. ޓެލެވިޜަން އިންޑަސްޓްރީން، ސައުތު ފިލުމުތަކާއި އަދި ބޮލީވުޑުގެ ފިލުމު އިންޑަސްޓްރީގެ ވެސް ގިނަ ފަންނާނުންތަކެއް ދަނީ މި ދުވަސްވަރު ކައިވެނި ކުރަމުންނެވެ.

ކައިވެނީގެ މި ލިސްޓަށް މި މަހު ކުރީ ކޮޅު އިތުރުވެގެން މިދިޔައީ މާޑަރ 2ގެ ބަަތަލާ ސުލަގްނާ ޕަނިރަހީއާއި ކޮމޭޑިއަން އެކްޓަރ ބިސްވާ ކަލްޔާ ރާތުގެ ކައިވެންޏެވެ.

މި ދެ ފަންނާނުންގެ ކައިވެނި ކުރެވިފައިވަނީ ޑިސެމްބަރ މަހުގެ 9 ވަނަ ދުވަހު ނަމަވެސް ކައިވެނި ކުރިކަން ހާމަކޮށްފައިވަނީ ޑިސެމްބަރ 19 ވަނަ ދުވަހުއެވެ.

ސުލަންގާގެ ކައިވެނި ހާަމަ ކުރުމަށް އޭނާ ވަނީ އިންސްޓަގުރާމު އެކައުންޓުގައި ކައިވެނީގެ ބައެެއް ފޮޓޯތައް ހިއްސާ ކޮށްފައެވެ. ރަތް ކުލައިގެ ލެހެގާއެއްގައި ނޫ ކުލައިގެ ދޯޕައްޓާއެއް ބޮލުގައި އަޅައިގެން އިން ސުލަގްނާގެ ފުރިހަމަކަން އިތުރު ކޮށްދީފައިވަނީ އަޅާފައިވާ ގަހަނާ ތަކުންނެވެ. އަދި ބިސްވާ ހުރީ ރަން ކުލައިގެ ޝެރްވާނީއެއްގައެެވެ.

ފުރަތަމަ ފޮޓޯ އިންސްޓަގުރާމުގައި ހިއްސާކޮށް ސުލަގްނާ ބުނެފައިވަނީ ''ސިންގަލް ލައިފް'' އަނދައިގެން ދަނީ ކަމަށާއި ދެވަނަ ފޮޓޯ ހިއްސާކޮށް ބުނެފައިވަނީ މިއީ މަޖާ ދަތުރަކަށް ވާނެކަމަށް ބުނެފައެވެ.

ބިޝްވާ ވެސް ވަނީ އެ ދެމީހުންގެ ކައިވެނީގެ ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާ ކޮށްފައެވެ.

މި އަހަރުގެ ތެރޭގައި ވަނީ ގިނަ ފަންނާނުންތަކެއް ވަނީ ކައިވެނި ކޮށްފައެވެ. އޭގެ ތެރޭގައި ނޭހާ ކައްކަރުއާއި ރޯހަން ޕްރީތު، އާދިތްޔާ ނާރާޔަންއާއި ޝުވެތާ އަގަރުވާލް، ނިހާރިކާ ކޮނިޑެލާއާއި ޗައިތަންޔާ ހިމެނެއެވެ.

ސުލަގްނާގެ ފިލުމުތަކަށް ބަލާއިރު އޭނާ ވަނީ ''މާޑަރ 2''، ''ރެއިޑް''، މާޑަރ'' ފަދަ ފިލުމުތަކުގައި މަސައްކަތް ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު