ބޭނުންވާ ތަކެތި

1 1/4 ޖޯޑު ރޯ ކިރު 2 1/4 ސައިސަމުސާ އީސްޓް 2 ބިސް 8 ސައިސަމުސާ ބަޓަރު 1/4 ޖޯޑު ހަކުރު 4 1/4 ފުށް ތެޔޮ

ތައްޔާރު ކުރާނެ ގޮތް:

1. ތެއްޔަކަށް ކިރު އެޅުމަށްފަހު ކުޑަކޮށް ހޫނުކޮށްލާށެވެ. އެއަށްފަހު ބޮޑު ބޯތަށްޓެއްގައި ހޫނު ކުރި ކިރާއި އީސްޓް އެއްކޮށް ގިރާލާށެވެ. އެއަށްފަހު ފަސް މިނެޓް ވަންދެން ބަހައްޓާލާށެވެ. 2. ކިރާއި އީސްޓް އެއްކުރި ބޯތަށީގެ ތެރެއަށް ބިހާއި ބަޓަރު އަދި ހަކުރާއި ލޮނު އެޅުމަށްފަހު ހުރިހާ އެއްޗެއް އެއްވަންދެން ގިރާލާށެވެ. އެއަށްފަހު ފުށުގެ ދެބައިކުޅަ އެއްބައި އަޅާ ރަނގަޅަށް ގިރާލާށެވެ. ރަނގަޅަށް ގިރުމުން ބާކީ ފުށްކޮޅު އަޅާ އަނެއްކާވެސް ގިރާށެވެ. 3. ދެން ބޯތަށްޓެއްގައި ތެޔޮ އުނގުޅުމަށްފަހު ތައްޔާރު ކުރި ފުށްގަނޑު އެއަށް ލައި ރަނގަޅަށް މަތި ބަންދުކުރާށެވެ. ދެން އެއް ގަޑިއިރު ވަންދެން މިގޮތަށް ބަހައްޓާށެވެ. 4. އެއަށްފަހު އެކަށީގެންވާ ބޯމިނެއްގައި ޑޯނަޓްގެ ބައްޓަމަށް ފުށް ގަނޑު ތައްޔާރު ކުރުމަށްފަހު ތެލުލާށެވެ. ބޭނުން ނަމަ ޑޯނަޓްގެ މެދަށް ކްރީމްކޮޅެއް ލާށެވެ. ނުވަތަ ހޫނުކޮށް ހުއްޓައި މައްޗަށް ހަކުރު ކޮޅެއް ބުރުވާލާށެވެ.