އިތުބާރަކީ އިންސާނެއްގެ ހަޔާތުގައި އެހެން މީހުންގެ ފަރާތުން ހޯދަން ވެސް އެހެން މީހަކަށް ދޭން ވެސް އެންމެ އަގުބޮޑު އެކައްޗަށް ވާނެއެވެ. އެއްވެސް ސަބަބަކާއި ހުރެ އެ އިތުބާރު ގެއްލުމަކީ ރަހުމަތްތެރިއަކަށް ވިޔަސް ބައިވެރިޔާ ކަމަށް ވިޔަސް އެ މީހަކާއި ތިމާ އާއި ދެމެދު އޮންނަ ގުޅުމަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމެކެެވެ. އެހެންކަމުން އެ އިތުބާރު ގެއްލުމުން އިތުބާރު ހޯދަން މަސައްކަތް ކުރުމަކީ ނެތް ކަމެއް ނޫނެެވެ. ސުވާލަކީ ގެއްލިއްޖެ އިތުބާރެއް ހޯދާނީ ކިހިނެއްތޯއެވެ؟ ނޫނީ އެ އިތުބާރު އަލުން އަނބުރާ ލިބިދާނެބާއެވެ.

ވަރަށް ގިނަ ފަހަރު އިތުބާރު ގެއްލުމުން އެ އިތުބާރު އަނބުރާ ނުލިބޭނެއޭ ބުނެއުޅެއެވެ. ސައިކޮލޮޖިސްޓް ޑރ.އެންޖެލީނާ ބިސްގްނާގޯ ގުޑް ތެރަޕީގައި ލިޔުއްވި ލިޔުމެއްގައި ބުނެފައި ވަނީ އިތުބާރަކީ އަނބުރާ ހޯދޭނެ އެއްޗެއްކަން ސައިކޮލޮޖީގެ އަލީގައި ސާބިތުވާ ކަމަށެވެ. އެހެންނަމަވެސް ބައެއް ފަހަަރު އެ އިތުބާރު ހޯދުމަކީ މާ ފަސޭހަކަމަކަށް ނުވެއެވެ.

އަމިއްލަ ދައުރު ދެނެގަތުން:

މީހަކު ހިތުގައި ޖެހިއްޖެކަން ނޫނީ ތިމާއަށް މީހަކަށް އުނދަނގޫވާ ކަމެއް ކުރެވޭ ހިސާބުން މަޢާފަށް އެދޭށެވެ. އަދި އެ ކުށް ޤަބޫލު ކުރާކަން އަންގާދީ މަޤާފަށް އެދޭށެވެ. އަދި މަޢާފަސް އެދޭ އިރު އަނެކާގެ އިހުސާސްތަކަށް އިހުތިރާމް ކުރާށެވެ. މަޢާފަށް އެދުމާއި އެކު އޭނާ މަޢާފު ނުކޮށްފާނެއެވެ. ފަހަރުގައި އެހާހިސާބުން ކުރިން އޮތް ގުޅުން ބާއްވަން ބޭނުން ވެސް ނުވެދާނެއެވެ. އެހެންކަމަށް ވާނަމަ އޭނާގެ ނިންމުމަށް އިހުތިރާމްކުރާށެވެ.

ވާހަކަދެއްކުން:

ރަނގަޅު ވަގުތެއް ހޯދައިގެން ހަމަޖެހިގެން އިތުބާރު ގެއްލުނު ސަބަބާއި މެދު ވާހަކަދައްކާށެވެ. މިގޮތަށް ޥާހަކަދައްކާ ވަގުތު ވަރަށް މުހިންމެވެ. އެއީ ގޯސް ވަގުތެއްގައި ވާހަކަ ދެއްކުމުން އިތުރަށް ކަންކަން ގޯސްވެދާނެތީއެވެ. މިގޮތަށް ވާހަކަދައްކާ އިރު އަވަސް އަރުވާ ނުލާށެވެ. ތިމާގެ ސަބަބުން ދެރަ ލިބުނު މީހާ އަށް ވަގުތު ދޭށެވެ.

އަަމަލުން ދެއްކުމާއި ކެތްތެރިވުން:

މަޢާފަށް އެދި ވާހަކަދެއްކުމަށް ފަހު ދެން އތީ އެންމެ އުނދަނގޫ މަރހަލާއެވެ. އެއީ ތިމާ އަށް އެ އިތުބާރު އަލުން ލިބޭނެތޯ ނޫންތޯ ނޭނގި ހުންނަންޖެހުމެވެ. މިހާލަތުގައި ޖެތްތެރިވާށެވެ. ތިމާގެ ސަބަބުން ދެރަ ލިބުނު މީހާއަށް ލިބޭނެ ކެކުޅުން ވިސްނާށެވެ އެކަމާއި ޖަޒުބާތީ ވުމަކީ އޭނާގެ ހައްގެކެވެ. ގާތް މީހެއްގެ ފަރާތުން ކެއްސެއް ލިބުމަކީ ފަސޭހަ ކަމެއް ނޫންކަން ދަންނާށެވެ. އޭނާ އަށް ނިންމުމެއް ނިންމަން މަޖުބޫރު ނުކުރާށެވެ. ނޫނީ ގަދައަޅާ ވާހަކަވެސް ނުދައްކާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޚިޔާލެއް

    އިތުބާރަކީ ތެދުވެރިކަމުގެ އަސްލެއް. އެ އަސްލު ގެއްލިގެންދަނީ ދޮގުވެރިކަމުން. ގޮސް ނިމެނީ ހެއްލުމަށް. ހެއްލުމެއްގާ ގެއްލުމެއްކަން އޮތީ އެއީ މުސްކުޅިން ބުނާ އެއްޗެއް. އެކި އެކި ހެއްލުންތަކުން ލިބޭ ގެއްލުން އެއީ ތާރީޚް ދައްކާ ވަރަށް ބޮޑު ހަޤީޤަތެެއް.
    ބައެއް ފަހަރު ކުށަކީ ގަސް ރުކުގެ ފުށުން އަންނަ އެއްޗެއް ނޫންތާ! އެހެންވެސް ވެދާނޭ ވުން އެކަށީގެންވޭ މިހެން މިކަން އޮތީމާ ގެއްލުނު އިތުބާރުގެ އަސްލު ބޭސްގަނޑަކީ ކުށައް އިޢުތިރާފްވުމާއެކު މާފަށް އެދި އެކުށް ތަކުރާރުނުކޮށް ތެދުވެރިކަން މަތީ ޘާބިތުވުން.
    މި ބޭސްގަނޑު ނާޅާ މި ބަލީގެ ފާރުގަނޑަށް ލުޔެއް ނުލިބޭނެކަމީ ދެން އޭގެ ޝަރަޙަޔަކަށް ދާންޖެހޭ ކަމަކަށް ނުދެކެން. މިީ މަގޭ ހިތުގެ ފަށްވަރުން ނިކުމެގެން އައި ޚިޔާލެއް.