ވަރުން ދަވަންގެ ކުރިއަށް އޮތް ފިލުމު ޑޭވިޑް ދަވަންގެ ''ކޫލީ ނަންބަރު 1''ގެ ރީމޭކްގައި ސާރާ ޢަލީ ޚާނާ އައެކު ކުޅުމަށް ހަމަޖެހުނު ހިސާބުން ފެށިގެން ވަރުން ދަވަންއަށް ބައެއް ފަންނާނުންގެ ފަރާތުން އިންޒާރު އައިސްފައިވާ ކަމަށް ވަރުން ބުނެފިއެވެ.
މި ފިލުމުގެ ޕްރޮމޯޝަންގައި ސޮނީގެ މަޝްހޫރު ޝޯއެއް ކަމުގައިވާ ''ދަ ކަޕިލް ޝަރުމާ ޝޯ''ގެ ޓްރެއިލާގައި ވަރުން މި ފަންނާނުންގެ ނަންތައް ވެސް ވަރުން ވަނީ ފާހަގަ ކޮށްފައެވެ.
''ސާރާއާއި އެކު ފިލުމެއްގައި މަސައްކަތް ކުރާނަމަ ވަރަށް ސަމާލުވެ ބަލައިގެން އުޅުމަށް އަޔުޝްމާން ކުރާނާއާއި ވިކީ ކޯޝަލްއާއި ކާތިކް އާރްޔާން ވެސް އިންޒާރުދީ މެސެޖު ކޮށްފައިވާ ކަމަށް ވަރުން ބުނެފައިވެއެވެ.
ވަރުންގެ މިހެން ބުނުމުން އެމީހުން ބުނެފައިވަނީ ކީކޭތޯ ސާރާ ވެސް ވަނީ ވަރުންނާއި ސުވާލު ކޮށްފައެވެ. އޭގެ ޖަވާބުގައި ވަރުން ބުނެފައިވަނީ އެމީހުން ވަރުންނަށް ކުރި މެސެޖުގައި ވަނީ ވަރަށް ބަލައިގެން އުޅުމަށެވެ.
އަބީޝޭކް ކަޕޫރުގެ ''ކެޑަނާތު''ން ބޮލީވުޑަށް ތަޢާރަފްވި ސާރާ ޢަލީ ޚާން ވަނީ ''ސިމްބާ'' އަދި ''ލަވް އާޖް ކަލް'' ފަދަ ފިލުމުތަކުގައި ވެސް މަސައްކަތް ކޮށްފައެވެ. ސާރާގެ ކުރިއަަށް އޮތް ފިލުމަކީ ޑޭވިޑް ދަވަންގެ ''ކޫލީ ނަންބަރު 1''ގެ ރީމޭކެވެ. އަދި މިހާރު ސާރާ ޝޫޓް ކުރަމުންދަނީ އާނަންދު އެލް ރާއީގެ ''އަތުރަންގީ ރޭ''ގައި އަކްޝޭ ކުމާރާއި އެކުގައެވެ.
ކަރިޝްމާ ކަޕޫރުގެ އެކްޓިންއާއި ސާރާގެ އެކްޓިން އަޅައި ކިޔުމުން ސާރާ ވަނީ އެކަމަށް ރައްދުވެސް ދީފައެވެ. އަދި ތެދު ނިޔަތާއިއެކު މި ފިލުމު ބެލުމަށް ވެސް ސާރާ ވަނީ އެދިފައެވެ.
ފިލުމު ކުޅޭ އިރަކުނޫން ހަމައެކަނި ސަމާލުކާން ދޭންޖެހޭނީކީ...ދޯ ސާރާ.