އިންޑިއާގައި ބިއްލޫރިން ހަދާފައުވާ އިތުރު ބްރިޖެއް ހަދައިފިއެވެ. މި ބްރިޖް ހަދަފައިވާ ވަނީ ބިހާރް އެވެ. މި ބްރިޖް ތަރައްގީކޮށްފައި ވަނީ ބިހާރްގެ ނަލަންޑާ ޑިސްޓްރިކްޓުގައެވެ.

މިހާރު އެ ސަރަހައްދުގައި ޒުލަކާއި، ސަފާރީ ޕާކެއް ހެދުމުގެ މަސައްކަތް ދަނީ ދަ ފޮރެސްޓް ޑިޕާޓްމެންޓުން ކުރަމުންނެވެ.

ބިހާރްގައި ތަރައްގީ ކުރި މި ބްރިޖް ހެދުމުގެ ޕްރޮޖްކެޓްގެ މަސައްކަތަށް ނިޓިޝް ކުމާރް ވަނީ މިދިޔަ ހޮނިހިރު ދުވަހު ގޮސްފައެވެ. އޭނާ ބުނާގޮތުން ފަތުރުވެރިންނަށް އެތަން ހުޅުވަން ނިންމާފައި ވަނީ އަންނަ އަހަރުގެ މާރިޗް މަސް ތެރޭގައެވެ.

އެ ބްރިޖަކީ 200 ފޫޓުގެ އުސްމިނުގައި ހުންނަ ބްރިޖެކެވެ. އަދި 85 ފޫޓު ދިގުމިނުގައި ހުންނައިރު، ފުޅާމިނުގައި ހުންނަ ހަ ފޫޓެވެ.

ކިޔުންތެރިންގެ ހިޔާލު