ސިއްރުން ކަމެއް ކުރުމަކީ އެއްވެސް މީހަކަށް އުނދަގޫ ކަމެއް ނޫނެވެ. ހަމަ އެފަދައިން ސިއްރުން މީހަކު ކުރާ ކަމެއް ހޯދުން އެއީ ވެސް އުނދަގޫ ކަމެއް ނޫނެވެ.

ކޮންމެ ދެމަފިރިއަކު ވެސް ކައިވެންޏެއް ކޮށް ވަކި ދިރިއުޅުމެއް ފަށަނީ ވަރަށް ގިނަ ވައުދުތަކާއި އެކުއެވެ. އެހެން މީހެއް ކައިރިއަށް ނުދާނެ ކަމަށާއި އެއްވެސް ކަމެއް ސިއްރު ނުކުރާނެ ކަމުގެ ވެސް ވައުދާއި އެކުއެވެ. ނަމަވެސް ހުރިހާ ފަހަރަކު އެވައުދަށް އިޙްތިރާމެއް ނުކުރެވެއެވެ.

ރާއްޖޭގައި ވެސް ވަރި ވަރަށް ގިނައެވެ. ވަރި ގިނަވާން މެދުވެރިވާ އެއް ސަބަބަކީ ދެމަފިރިން ކުރެ ކޮންމެވެސް އެކަކު ކައިވެނިން ބޭރުން އެހެން މީހަކާއި ގުޅުމެއް ބޭއްވުމެވެ. މިލިޔުމުގައި މިކިޔައި ދެނީ ފިރިމީހާ ކައިވެނިން ބޭރުން އެހެން އަންހެނަކާއި ސިއްރު ގުޅުމެއް ބާއްވާ ކަމުގެ ނިޝާންތަކެވެ. ނުވަތަ ހެކިތަކެވެ.

އަނބިމީހާ އަށް ޝައްކު ކުރުން

އަނބިމީހާގެ ކިބައިން އެއްވެސް ތަފާތެއް ނުފެންނަނީސް ކުއްލިއަކަށް އަނބިމީހާ އަށް ޝަައްކު ކޮށް އޭނާ އެހެން މީހަކާއި ގުޅުން ހިންގާތޯ ބަލާނަމަ އެއީ ހަޤީޤަތުގައި ފިރިމީހާ އެފަދަ ކަމެއް ކުރަނީ ކަމަށް ވުން ގާތެވެ. ކުއްލިއަކަށް އަނބިމީހާގެ ފޯނާއި އޭނާގެ މީސް މީޑިއާ އެކައުންޓްތައް ޗެކް ކުރަން ފަށައިފިނަމަ ފިރިމީހާގެ ފޯނާއި މީސް މީޑިއާ އެކައުންޓްތައް ވެސް ބަލާލުން ރަނގަޅެވެ.

ދެމަފިރިންގެ ގުޅުމަށް ބަދަލު އައުން

ކުރިން ކޮންމެ ރެޔަކު ކުރަމުން އައި ކަންތައްތައް ދުރުވެގެން ދިއުން ނުވަތަ އެއްވެސް ވަރަކަށް ދެމީހުން ކުރިން އުޅުނު ގޮތައް ނޫޅެވޭ ނަމަ އޭނާ އެހެން އަންހެނެއް ކައިރިން އުފާ ހޯދަނީ ކަމަށް ވުން އެކަށީގެންވެއެވެ.

ކުރި ކަމެއް ހަނދާން ނެތުން

ބޭރުން އައުމުން ތިއައީ ކޮންތަނަކުންތޯ ސުވާލު ކުރުމުން ކޮންމެވެސް ރަހުމަތްތެރިޔަކާއި އެކު ކޮފީ އަކަށް ގޮސްފައި ކަމަށް ވެސް ބުނެފާނެއެވެ. ނަމަވެސް އިތުރަށް އެކަމާއި ބެހޭ ގޮތުން ސުވާލު ކޮށްފިނަމަ ހަނދާނެއް ނެތް ކަމަށް ބުނުން ނުވަތަ ކޮފީގައި ތިބި ހުރިހާ އެންމެންގެ ނަން ހަނދާނެއް ނެތް ކަމަށް ބުނާނަމަ އެއީ ގޯހެކެވެ.

ސޭވް ނުކުރާ ނަމްބަރެއް

ސޭވް ނުކުރާ ނަމްބަރަކުން އޭނާ އަށް ފޯނެއް މާގިނައިން އަންނަ ނަމަ އެއީ ގޯހެކެވެ. ނުވަތަ އޭނާގެ ވަރަށް ގާތް ރަހުމަތްތެރިއެއްގެ ނަމުގައި ސޭވް ކޮށްފައި އޮންނަ ނަމްބަރަކުން ގުޅުމުން ވެސް އަނބިމީހާ ކައިރީގައި އިންނަ ނަމަ އެފޯނަށް ފިރިމީހާ ޖަވާބު ނުދޭނަމަ އެއީ ގޯހެކެވެ. ރަހުމަތްތެރިޔާގެ ނަމުގައި ސޭވް ކޮށްފައި އެވަނީ ސިއްރު ލޯބިވެރިޔާގެ ނަމްބަރު ކަމަށް ވެދާނެއެވެ.

ރީތި ވުމަށް ސަމާލުކަން ދިނުން

ކުއްލިއަކަށް އޭނާގެ ސިފައަށް ބަދަލު އައިސް ތުނބުޅި އާއި ބޮލުގެ އިސްތަށިގަނޑަށް އޭނާ ދޭ ސަމާލުކަން އިތުރު ވެއްޖެ ނަމަ އެއީ ގޯހެކެވެ. ބޭރަށް ދާ ކޮންމެ ފަހަރަކު ވަރަށް ބޮޑަށް ރީތިވާނަމަ އެއީ ވެސް ގޯހެކެވެ.

ލަސްވަންދެން މަސައްކަތް ކުރުން

އޭނާގެ ވަޒީފާ އަށް ބަދަލެއް ނައިސް ނަމަވެސް ފަހަކަށް އައިސް ރޭގަނޑު ވަރަށް ލަސްވަންދެން އޭނާ މަސައްކަތުގައި އުޅޭނަމަ އެއީ ވެސް ވިސްނާލަން ޖެހޭ ކަމެކެވެ.

މުސާރަ

ކުރިން މަސް ނިމެންދެން މުސާރަ އިން ޚަރަދުތައް ހަމަޖެއްސިފައި މިހާރު މަހުގެ 15 އަށް އަރާއިރު މުސާރަ ހުސްވާނަމަ އެއީ ވެސް ގޯހެކެވެ. އެކަމާއި މެދު ދެވަނަ ވިސްނުމެއް ވިސްނާލުން ރަނގަޅެވެ.

ނިންމާލުން

އިސްވެ ބުނި ކަންތައްތައް ފިރިމީހާ ކުރާނީ ނުވަތަ ފިރިމީހާގެ ކިބައިން ފެންނާނީ އޭނާ ސިއްރު ލޯބިވެރިޔަކު ގެންގުޅޭތީ ކަމަށް ޔަގީންކަމާއި އެކު ބުނާކަށް ނޭނގޭނެއެވެ. ފިރިމީހާ އަށް ޝައްކުގެ ނަޒަރަކުން ބެލުން އެއީ ވެސް ކުރުން ރަނގަޅު ކަމެއް ނޫނެވެ. ޝައްކެއް އުފެދިއްޖެނަމަ އެންމެ ރަނގާލު ގޮތަކީ އެޝައްކު ޔަގީންކޮށްފައި ނޫނީ އެއްވެސް ފިޔަވަޅެއް ނޭޅުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ުރޔ

  މިހުރިހާ ކަމެއް މަށަށް ދިމާވޭ އެކަމަކު މަ ނުގެން ގުޅެން ވަގު ބިޓެއް

  13
  3
 2. ޚޮރޯނާ

  ލިއުންތެރިޔާ މާމޮޅެއްނު

 3. އިބޫ

  ކުރީގެ ލިއުމެއް ކުރީގެ ކޮމެންޓްތަކައެކު އަނެއްކާވެސް. ޓްރައި ސަމްތިން ނިއު ސިސް