ކައިވެންޏަށް ތައްޔާރުވަމުންދާއިރު، އެންމެ ގާތް އެކުވެރިންނަކީ ބްރައިޑްސްމެއިޑުންނަށް ހަދަން ބޭނުން ވެއެވެ. އެތައް ހަރަދެއްކޮށް، އެ މީހުން ލާނެ ހެދުމާއި އެއްޗެއްހި ހޯދައެވެ.

މިގޮތަށް ހެދުން އެއްޗެހި ހޯދާއިރު، އާއްމުކޮށް ހެދުން ހުންނަ ގޮތާއި، އަޅާނެ ހެދުމާއި، ކުލަޔާއި، އެއްޗެހި ދެނީ ދެ ލޯބިވެރިންނެވެ. މިގޮތަށް ދިން ނަމަވެސް، ބްރައިޑްސް މެއިޑުންނާއި މިހާ ހަރުކަށިކޮށް ކަންތައް ކުރަން ނިންމި މީހަކު މީގެ ކުރިން ދުށިން ހެއްޔެވެ؟

މި އަންހެން މީހާ ވަނީ، އޭނާގެ ކައިވެނީގެ ހަފްލާގައި ބައިވެރިވާނެ ކަން އަންގާފައިވާ މީހުން ހާއްސަ ކޮންޓްރެކްޓެއްގައި ސޮއިވެސްކޮށްފައެވެ.

އޭގައި 37 ގަވާއިދެއް ވެއެވެ. އެ ކައިވެނީގެ ހަފްލާގައި އެންމެން އެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަން އަންގާފަައި ވެއެވެ.

"އަހަރެން ދިނިން ކޮންޓެރެކްޓެއް، އޭގައި ބަޔާންކޮށްފައިވާނެ ހުރިހާ އެއްޗެއް".

އޭގެ ފުރަތަމަ ގަވާއިދުގައި ވަނީ، ގެސްޓުންނާއި ގުޅޭ ގޮތުން ނުރަނގަޅު ވާހަކަތައް ނުދެއްކުމަށެވެ.

އަދި އޭގައި ކައިވެންޏަށް ވުރެ ކުރިން، އިތުރަށް ތިން ކިލޯއަށްވުރެ ބަރު ނުވުމަށް އެެދިފައި ވެއެވެ. އަދި އިސްތަށިގަނޑުގައި ކުލަ ޖައްސާނަމަވެސް އަންގަން ބުނެފައި ވެއެވެ.

އަދި ކައިވެނި ޕާޓީއަށް ހާޒިރު ނުވެވޭ އުޒުރެއް ކަމަށް ބަލާނީ، މަރުވުމާއި، ޖަލުގައި ހުރުމާއި، ބަނޑަށް ފަސް މަސް ފުރިފައިވުމާއި، ބަލި އުޅުން އެކަންޏެވެ.

އަދި އޭނާ ވަނީ ރަހުމަތްތެރިން ކައިރީގައި މާބަނޑުނުވުމަށްވެސް އެދިފައެވެ. އަދި 2000 ޑޮލަރު ބްރައިޑަލް އެކްސްޕެންސްއަށް ސޭވް ކުރުމަށްވެސް އެދިފައި ވެއެވެ.

މީގެ އިތުރުން، ދަރިން ޕާޓީއަށް ނުގެނައުމަށްވެސް އެދިފައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ކައިވެނީގެ ހަފްލާގައި ބައިވެރިވާނެ ކަމަށް އޭނާގެ 10 ރަހުމަތްތެރިންގެ ތެރެއިން ޔަގީންކަން ދިނީ 6 މީހެކެވެ. އަދި އެ މީހުން އޭގައި ސޮއި ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލާދީނީ އަންނި

    ވަރަށް ރަނގަޅު ގޮތެއް.