މީސް މީޑިޔާގައި އެންމެ ހަރަކާތްތެރި ބޮލީވުޑުގެ އެއް ފަންނާނު ކަމުގައިވާ ކަރީނާ ކަޕޫރު ޚާންގެ ހުވަފެނީ އައު އެޕާޓްމަންޓް ދައްކައިލައިފިއެވެ.

ކަރީނާ ކަޕޫރު ޚާންގެ އިންސްޓަގުރާމު ސްޓޯރީގައި ހުވަފެނީ އެޕާޓްމަންޓުގެ ނަމުގައި ހިއްސާ ކޮށްފައިވާ ފޮޓޯގައި ކަރީނާ ހުންނަނީ ރީތިކޮށް ޑިޒައިން ކޮށްފައިވާ ސީލިންގަށް ބަލަހައްޓައިގެންނެވެ. މި ފޮޓޯގައި މިޑީއެއް ލައިގެން ހުރި ކަރީނާގެ ''ބޭބީ ބަމްޕް'' ވަރަށް ރީތިކޮށް ފާހަގަވެއެވެ.

އިންސްޓަގުރާމު ސްޓޯރީގައި ހިއްސާކޮށްފައިވާ އެޕާޓްމަންޓްގެ ފޮޓޯތަކުން ފެންނަނީ ވަރަށް ފުރިހަމައަށް ތަރުތީބުން އަތުރާލާފައިވާ ފޮތް ހަރުގަނޑުތަކަކާއި ރީތިކޮށް ޑިޒައިން ކޮށްފައިވާ ލައިޓްތަކެކެވެ.

މި ފޮޓޯތައް ހިއްސާ ކުރަމުން ޑިޒައިން ބައި ދަރްސްނީއަށް ޓެގްކޮށް ކަރީނާ ބުނެފައިވަނީ އެނބުރި އޭނާގެ ހުވަފެނީ ގެއަށް އާދެވުނު ކަމަށެވެ.

މިދިޔަ ފުރަބަންދު ތެރޭގައި ކަރީނާގެ ފިރިމީހާ ސައިފް ޢަލީ ޚާން ނޫސްވެރިން ކުރި ސުވާލުތަކަކަށް ޖަވާބުދެމުން ބުނެފައިވަނީ އެމީހުންގެ އައު ގެ މަރާމާތު ކުރެވެމުންދާ ކަމަށާއި ދެން ކަންތައްތައް ވާނެ ގޮތެއްގެ އިންތިޒާރުގައި ހުރި ކަމަށެވެ.

ހުވަފެނީ އައު އެޕާޓްމަންޓަށް ބަދަލުވެވުމުން އުފާވެފައި ހުރި ކަރީނާ ވަނީ އޭނާއާއި ސައިފް އަދި ތައިމޫރުގެ ފޮޓޯއެއް ހިއްސާކޮށް ބުނެފައިވަނީ އަހަރު ނިމެނީ ކަމަށާއި ސައިފްއާއި ތައިމޫރަށް ޝުކުރު އަދާކޮށް އަދި ދެން އަންނަން އުޅޭ މެހުމާނުގެ އިންތިޒާރުގައި ހުރިކަމަށާއި އެންމެން ވެސް ރައްކާތެރިކަމާއި އެކު ސަލާމަތުން ތިބުމަށެވެ.

ކަރީނާގެ ފިލުމީ މަސައްކަތަށް ބަލާއިރު ދެން އޭނާ އެންމެ އަވަހަށް ފެނިގެންދާނީ އާމިރު ޚާނާއި އެކު ފިލުމު ''ލާލު ސިންގް ޗައްޑާ''އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޯމިއޯ

    ކަރީނާ މެންވެސް ދިވެހި ސުޕަސުޓާރ އައްޒަ ރޫމު ދައްކާލީމަ ކޮޕީ ކުރީދޯ

    13
    3