އެކި ގައުމުތަކުގައި ކޮވިޑް-19 ފެތުރެމުންދާއިރު، ގިނަގައުމުތަކުގައި މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. އެހެން ނަމަވެސް އެ ގަވާއިދަށް ކަމޭ ނުހިތާ އެތައް ބަޔަކު އުޅެމުން ދެއެވެ. މާސްކް ނޭޅުމާއި، ގައިދުރުކަން ނުބެހެއްޓުން ފަދަ ކަންކަމަކީ މިހާރުވެސް އެތައް ބަޔަކު ކުރަމުންދާ ކަންކަމެެވެ.

އެގޮތުން ޖެނުއަރި އެއް ވަނަ ދުވަހު، ކެނެޑާގައި ޓެކްސީއަކަށް އެރި މީހަކު މާސްކް ނާޅައި އިން މައްސަލާގައި ޓެކްސީ ޑްރައިވަރު މި ވަނީ އޭނާ ގޮވައިގެން ފުލުހަށް ގޮސްފައެވެ. އޭނާ ފުލުހަށް ގެންދިއުމުން ފުލުހުން ވަނީ އެ މިހާ 690 ޑޮލަރަށް ޖޫރިމަނާ ކޮށްފައެވެ.

މިީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާ ޓެކްސީގައި މާސްކް އަޅަން ދެކޮޅު ހެދުމުން އޭނާ ކާރުން ބާލަން އުޅެފައެއް ނުވެއެވެ. ސީދާ އެ މީހާ ދިޔައީ ޕޮލިސް ސްޓޭޝަަށެވެ.

އޭގެކުރިން ޑްރައިވަރު 911އަށްވެސް ގުޅި ކަމަށް ވެއެވެ. ގުޅާފައި ޓެކްސީއަށް އެރި މީހާ ކަންތައް ކުރިގޮތުގެ ވާހަކަ ދެއްކިއެވެ. އެ ފަސެންޖަރު ވަނީ ޑްރައިވަރުގެެ މޫނުމަތީގައިވެސް ޖަހާފައެެވެ. ޑްރައިވަރު ރުޅި އައީވެސް އެހެން ވެގެންނެވެ. އޭނާ ވަނީ އެ ފަސެންޖަރުން ގޮވައިގެން ޕޮލިސް ސްޓޭޝަަނަށް ގޮސްފައެވެ.

އޭނާ އެތަނަށް ގެންދިޔަ ނަމަވެސް، ކާރުން ފައިބަން ނޫޅުނެވެ. އެންމެ ފަހުން އޭނާ ވަނީ ކާރުން ގަދަކަމުން ބާލުވައި ޖަލަށް ގެންގޮސްފައެވެ،

އަދި 230 ޑޮލަރަށް އޭނާ ޖީރުމަނާވެސް ކޮށްފައި ވެއެވެ.އެއީ މާސްކް ނޭޅުމުންނާއި، ހަރުކަށިކޮށް ކަންތައް ކުރުމާއި، އޮފިސަރުންގެ އޯޑަރުންނަށް ހުރުމަތްތެރިކޮށް ނުހިތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕަރީ

    އެކަމު ރާއްޖެއައި ފަތުރުވެރިއަކު އެދިޔައީ ފުލުހުންނަށް ދޫހާރުވާފައި މާސްކުނާޅާ.. ކުރެވުނުކަމެއްނެތް. ދިވެއްސަކު ކުރިނަމަ ޖޫރިމަނާ އޮހޭނެ.