ފިނިފެންމާ ފެން ނުވަތަ ރޯސް ވޯޓަރއަކީ އިންސާނާގެ މޫނާއި ހަންގަނޑު ތާޒާކަންމަތީ ރީތިކޮށް ބެހެއްޓުމަށް ވަރަށް ބޮޑަށް އެހީތެރިވެދެ އެއްޗެކެވެ. އެކަަމަކު ފިނިފެންމާ ފެނަކީ އެއްގޮތަށް ވުރެ ގިނަ ގޮތަށް ފައިދާ ހުންނަ ގޮތށް ބޭނުން ކުރެވިދާނެ އެއްޗެކެވެ.

ދިރިއުޅުމުގައި ބޮޑެތި ޚަރަދުތައް ކޮށްގެން ކުރާ އެތައް ކަމެއް ކުޑަކޮށް، އެ މަގްސަދުތައް ހާސިލްކުރަން ފިނިފެންމާ ފެން ބޭނުން ކުރެވިދާނެއެވެ. ތާޒާ ފިނިފެންމާ ފެނަކީ އެންމެ ރަނގަޅު އެއް ޓޯނާއެވެ. ކޮންމެ ދުވަހަކު ފިނިފެންމާަ ފެން ބޭނުން ކުރުމުން މޫނުގެ ތެޔޮކަން ކުޑަކޮށްދީ، މޫނު ސާފުކޮށް ހުރެއެވެ.

ކޮންމެ ދުވަހަކު ފިނިފެންމާ ފެން ގައިގައި ހާކާ ނަމަ ހަންގަނޑު ތާޒާކަން މަތީ ދެމި ހުރެއެވެ. އަދި ކުރަކި ހަންގަނޑު ރަނގަޅުވެސް ވެއެވެ. އަދިި ނިދި ނުލިބުމުން ލޯކައިރި ފުއްޕާގޮތް ވެ ދުޅަވުމަށްވެސް ފިނިފންމާ ފެނުން ހައްލު ލިބެއެވެ. ނުވިތާކަށް ފިނިފެންމާ ފެނަކީ މޭކަޕް ރިމޫވާ އެއްގެ ގޮތުގައި ވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ.

ފނިފެންމާ ފެނަކީ ދިވެހި ބޭހަށް ވެސް ބޭނުން ކުރާ މުއްސަނދި ބާވަތެކެވެ. އެގޮތުން ހަލާކުވެ ފާރުވެފައި ހުންނަ ތަންތަނަށް ފަރުވާ ކުރުމުގައި މިއީއެހިތެރިއެކެވެ. ފިނިފެން މަލަކީ އެންޓި ބެކްޓީރިއަލް މާއްދާ އޭގައި އެކުލެވޭ އެއްޗަކަށް ވުމުން ފާރުގަނޑުތައް ސާފުކޮށްލުމަށް ވެސް މި ބޭނުންކޮށްލެވިދާނެއެވެ.

ފިނިފެންމާ ފެނުގެ ވަހަކީވެސް އެހާމެ ހިތްގައިމު ވަހެކެވެ. ފިނިފެންމަހުން އަނގަ ސާފުކޮށްލުމަކީ ވެސް ކުރެވިދާނެ ކަމެެވެ. މީގެ އިތުުން ފިނިފެންމާ ފެން ބޭނުން ކުރުމުން އެންޒައިޓީ އާއި ދުރުކޮށްދދީ ސްޓްރެސް ކުޑްކޮށްދޭ އިރު އެ ފެނުގެ ސަަބުން އަރާމުކޮށް ނިދާލެވޭކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު