ގަހަކީ އިންސާނާގެ މޫޑު ތާޒާކޮށްދޭ އުފާވެރި އިހުސާސެއް ކުރުވާއެއްޗެކެވެ. ކޮވިޑް-19 އަށް ފަހު އައި ފުރަބަންދާއި އެކު ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ގަސް އިންދުން މިވަނީ އާއްމުވެފައެވެ. އަދި ކޮވިޑް އަށް ފަހު ގޭތެރޭގައި ގަސް ހުރުމަކީ ގޭތެރެ ހިތްގައިމުވާ ކަމެއްކަން އިހުސާސްވެ އަލަށް ގަސް އިންދަން ފެށި މީހުންވެސް މަދެއް ނޫނެވެ.

ގަހަކީ އިންސާނާ ދިރިއުޅޭ ގެއަށް ހައިބަތު އިތުރުކޮށްދޭ ކަމެކެެވެ. އަލަށް ގަސް އިންދާ މީހަކު ސަމާލުކަން ދޭން ޖެހޭ ބައެއް ކަންކަމަށް މި ލިޔުމުގައި ބަލާލާނަމެވެ.

Plant

ބައެއް ފަހަރު ހީވެފައި އޮންނަނީ ގިނައިން ފެން ދިނުމަކީ އެއީ ގަހަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެކަމަކު ހަގީގަތަކީ އެކި ގަހަށް ފެން ބޭނުން ވަނީ އެކި މިންވަރަށް ކަމެވެ. އެހެންކަމުން އިންދާ ގަހަކީ ކޮން ކަހަލަ ގަހެއްތޯ ބަލާ އެ ގަހަށް ފެންދޭން ޖެހެނީ ކިހާ ވަރަަކަށް ކަމާއި، ކިހާ އަވަސް މިނެއްގައި ކަން ދެނެގަތުން ވަރަށް މުހިންމެވެ. އަދި ހަމަ އެހެންމެ އެ ގަހަށް އަވި ބޭނުންވާ މިންވަރަށް ވެސް ވަަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ. ބޭރަށް ނެރެ އަވި ދޭނެހެން ބަހައްޓާ ގަސްގަހަށް އެވަރަށް ވަގުތު ނުދެވޭނެހެން ހީވާ ނަމަ އެންމެ ރަނގަޅީ އެ ނޫން ގަހެއް އިންދުމެވެ.

Plant

ގަސް އިންދާ ނަމަ ގަހަށް އަޅާލާށެވެ. ގަހުގެ މޯޅިވާ ބައިބައި ޓްރިމްކޮށް، ގަސް ދުޅަހެޔޮކަން މަތީ ދަމަހައްޓާށެވެ. މިކަން މެދުު ނުކެނޑި ކުރަން އާަކުރަން ވާނެއެވެ. މަރުވާ ބައި ޓްރިމް ނުކުރަ ނަމަ ގަސް އެންމެ އެކަށީގެންވާ ގޮތުގައި ހެދިގެނެއް ނުދާނެެއެވެ.

އަދި ހަމައެހެންމެ ކޮންމެ ގަހަކަށްވެސް ބޭނުންވާ ކާނާ އާއި ފަހާއި ފިނި ހޫނުމިން ތަފާތުކަން ހަނދާން ބަހައްޓާށެވެ. ގަހުގެމާހައުލާއި އެ ހެދިބޮދުވާ ގޮތް ދަސްކޮށް އެއަށް ފަރިތަވެގެން ނޫނީ ނަމަ ނަމަ ގަސް އިންދަން ނުފަށަށްޗެވެ. އެހެން ނޫނީ ގަސް މަރުވެ ހިތްދަތި ވުމަކީ މާ ދުރުގައި އޮތް ކަމެއް ނޫނެވެ.

Plant
ގަސް ރީތިކޮށް އަވަހަށް ބޮޑު ކުރަން ބޭސް ޖެހުމަކީ އާއްމުކޮށް ކޮށް އުޅޭ ކަމެކެވެ. އެހެންނަމަވެސް ގޭގައި އިންދާ ގިނަ ގަހަކަށް މާބޮޑު ގަސްކާނާއެއް ނޫނީ ބޭހެއް އަސްލު ބޭނުމެއް ނުވެެއެވެ. އެހެންވީމަ ބޭސް ޖަހާ ނަމަ، އެއީ ބޭނުންވެގެން ކުރާ ކަމެއްކަން ޔަޤީން ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު