އިންގްލޭންޑްގައި ޗަކަގަނޑެއްގެ ތެރެއިން އިންސާނެއްގެ ފައިތިލައެއް ވަޅުލެވިފައި އޮވެގެން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފިއެވެ.

މި މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އެތަން ވަރަށް ރަނގަޅަށް ބަލާފައެވެ. ފުލުހުން އެ ސަރަހައްދަށް ގޮސްފައި ވަނީ ކުއްތާއެއް ގެންގުޅެމުންދާ ގޭޓްސްހެޑް ޓައުންގައި ދިިރިއުޅެމުންދާ މީހަކު އެކަން ރިޕޯޓްކޮށްގެންނެވެ. އޭނާ އެކަން ރިޕޯޓްކޮށްފައި ވަނީ ފޮޓޯއަކާއިވެސް އެކުގައެވެ

އެކަން ރިޕޯޓް ކުރުމުން ފުލުހުން އެ ސަރަހައްދަށް ގޮސް، އެތަން ބަލާ ފާސް ކުރަން ފެށިއެވެ. އެ މަަސައްކަތް ކުރަމުން ދަނިކޮށް އެއީ އިންސާނެއްގެ ފައިިތިލަ ނޫން ކަން ކަށަވަރު ވިއެވެ. އެއީ އަލުވިއެެކެވެ.

އެ ޗަކަގަނޑު ތެރޭގައި އެ އަލުވީގެ އެއްބައި ފެންނަން ހުރިއިރު، ބަލާބެލުމަށް ހީވަނީ އެއީ އިންސާާނެއްގެ ފައިގެ އިނގިއްޔެ ހެންނެވެ.

އެ ސަރަހައްދަށް ގޮސްފައި ވަނީ ނޯތުންބްރިޔާ ފުލުހުންނެވެ.

"އެ ފޯން ކޯލްކޮށްފައި ވަނީ ރަނގަޅު ބޭނުމެއްގައި ކަން ޔަގީން. އަދި މިފަދަ ތުހުމަތު ކުރެވޭ ކަންކަން ރިޕޯޓް ކުރަން އަޅުގަނޑުމެން ހިތްވަރުދެެން". ފުލުހުން ކުރި ޓްވީޓްގައި ވެއެވެ.

ފުލުހުންނަށް މިކަން ރިޕޯޓް ކުރުމުން އަނދިރީގެ ތެރޭގައި ފުލުހުން އެ ފައިތިލަ ހޯދުމުގެ މަސަްއްކަތް ކުރިއެވއެ. ފުލުހުން އެކަން ކޮށްފައި ވަނީ ތަމްރީނު ކޮށްފައިވާ ކުއްތާތއްވެަް ގޮވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝާން

    މިއީ ހަބަރެއްތަ؟

    32
    8