އެމެރިކާގެ ފިލުމު އިންޑަސްޓްރީއާއި ޓެލެވޮޜަން އިންޑަސްޓްރީގައި މަސައްކަތް ކުރަމުން އަންނަ މަޝްހޫރު އެކްޓަރ ޖޯން ހެންރީ މެތިވް ރެއިލީ އުމުރުން 84ގައި މަރުވެއްޖެ އެވެ.

އޭނާ މަރުވެފައިވާ ކަމަށް ބުނެފައި ވަނީ ދަރިފުޅެވެ.

''ޖޯން ހެންރީ މެތިވް ރެއިލީ ނުވަތަ ޖެކް، ދުނިޔެ މަތީގައި އެންމެ ގަދަ އަލި ފަނޑުވެގެން ދިޔައީ. ދުނިޔޭގެ އެންމެ ރަނގަޅު އިންސާނާއަކީ އަހަރެންގެ ބައްޕަ'' ޖޯންގެ ދަރިފުޅު ކެއިޓްލިން ރެއިލީ ބުނެފައިވެއެވެ.

''ބައްޕައާއި އެކު ލޯބިން އެކުގައި ވަގުތު ހޭދަކޮށްލައި އަތުގައި ހިފައިގެން ހުރެ ވަދާޢީ ސަލާމް ކުރެވުނު ކަމަށްޓަކައު ހިތްހަމަޖެހޭ. ބައްޕައާއި ނުލައި ދެން ކަންތައްތައް ވާނެ ގޮތެއް ވެސް ނޭނގެ، ނަމަވެސް އަހަރެންނަށް ޔަގީން ބައްޕަ އަބަދުވެސް އަހަރެންނާއިއެކު ވާނެ ކަން'' ކެއިޓްލިން އޭނާގެ އިންސްޓަގުރާމު ޕޯސްޓުގައި ލިޔެފައިވެއެވެ.

މަޝްހޫރު ޓީވީ ޝޯތައް ކަމުގައިވާ ''ޖެނެރަލް ހޮސްޕިޓަލް''، ''ޕޭޝަން'' ފަދަ ޑުރާމާތަކުގައި މޮޅު ހުނަރު ދައްކައިލި ޖޯންގެ މަރުވުމުގެ ސަބަބު އަދި ހާމަކޮށްފައެވެ.

2021 ވަނަ އަހަރުގެ ކުރީކޮޅު އެތައް ގިނަ މަޝްހޫރު ފަންނާނުންތަކެއް މަރުވެއްޖެއެވެ. އޭގެތެރޭގައި ސްޕޯޓްސް މެނޭޖަރ ޓޮމީ ލަސޯދާ، ޕޮލިސް އެކަޑަމީގެ މެރިއަން ރަމްސޭ، ޖޭމްސް ބޮންޑުގެ ބަތަލާ ތާންޔާ ރޮބާޓްސް، ބްރިޓިޝް ބަތަލާ ބާބަރާ ޝެލީ ފަދަ އެތައް މަޝްހޫރު ފަންނާނުންނެއް ހިމެނެއެވެ.

ޖޯންގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާ ވަނީ ޖެނެރަލް ހޮސްޕިޓަލާއި ޕޭޝަންސްގެ އިތުރުން ''ދި ގްރޭޓް ވެލްޑޯ ޕެޕެރަ''، ''އަޔަން މޭން''، ''ޑީލް އޮފް ދަ ސެންޗަރީ'' ފަދަ އެތައް ފިލުމެއްގައި މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު