އިންޑިއާގައި 2019 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ނުވަ ވަނަ ދުވަހު އަމިއްލައަށް މަރުވި، އުމުރުން 42 އަހަރުގެ މަރުވި ސަބަބު ހާމަވެގެން ގޮސްފައި މި ވަނީ އޭނާ މަރުވިތާ ގާތްގަނޑަކަށް އަހަރެއް ފަހުންނެވެ. އެ މަރުގެ ހަގީގަތް ހާމަވާ ނޯޓު މި ވަނީ މަހޭޝްގެ މަންމައަށް ފަޅާ އަރާފައެވެ. އެ ނޯޓުގައި ވަރަށް ރަނގަޅަށް ކަން ވީ ގޮތް ބަޔާންކޮށްފައި ވެއެވެ.

އެ މަންމައަށް ދަރިފުޅު އަމިއްލައަށް މަރުވާން ޖެހޭ ސަބަބެއް އެނގިފައެއް ނުވެއެވެ. އޭނާގެ ހަށިގަނޑު ފެނިފައި ވަނީ އަމިއްލައަށް މަރުވިތާ އެއް ދުވަސް ފަހުން ނަމަޑަނަލް ކަރުނާލު ތެރެއިންނެވެ.

ނަމަވެސް މިހާރު އެ މަންމައަށް މަހޭޝް މަރުވި ސަބަބު މި ވަނީ އެނގިގެން ގޮސްފައެވެ. އެގޮތުން މަހޭޝް މަރުވިތާ ގާތްގަނޑަކަށް އަހަރެއްވާން ކައިރިވެފައި ވާއިރު، އޭނާގެ ކަޕަޑް ސާފް ކުރަނިކޮށް މަންމައަށް ނޯޓު ފެނިފައި ވެއެވެ. އެ ނޯޓު ފެނިފައި ވަނީ ފަށް ޖަހާފައި ހުރި ބެޑްޝީޓް ތެރެއިންނެވެ.

އެގޮތުން އެ ނޯޓުގައި ބުނެފައި ވަނީ އަމިއްލައަށް މަރުވާން ޖެހުނީ އަނބިމީހާ އެހެން ފިރިހެނަކާއި ގުޅުން އޮންނަ ކަން ފަޅާ އެރުމުން ކަމަށެވެ. އަދި އެ ނޯޓުގައި ވަނީ އޭނާ ކުރިމަތީގައި އަނބިމީހާ އެހެން ފިރިހެނަކާއެކު ގުޅުން ހިންގާ ކަމަށްވެސް ބުނެފައެވެ.

އެ ނޯޓަށް ބަލައި ފުލުހުން ވަނީ ދެ މީހެއްގެ މައްޗަށް މައްސަލަ ފައިލްކޮށްފައެެވެ. އަދި އެ އަންހެން މީހާ އާއި އޭނާގެ ލޯބިވެރިޔާ ވަނީ ހައްޔަރުކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މަހޭޝްގެ ފުރަަތަމަ އަނބިިހާ އޭނާ ދޫކޮށްލުމުން ކައިވެނިކޮށްފައި ވަނީ އަންބިކާ މަރާތީ ނަމަކަށް ކިޔާ އަންހެނަކާއި އެވެ. އަދި އެ ކައިވެންޏަށް ދެ އަހަރު ފަހުން، މަރާތީގެ އާއިލާ މީހެއްކަމަށް ކިޝޯރް ބޮލް އޭނާގެ އަތަށް ޕްރޮޕޯސަލްއެއް ގެެނެސްދިން ކަމަށް ބުނެފައި ވެއެވެ.

އަދި އޭގެ ފަހުން މަރާތީ، ބިލް ގެއަށް ގަންނަ ކަމަށްވެސް ބުނެފައި ވެއެވެ.

"އަހަރެން ބުނިން އެ މީހުން ކައިރީގައި އެ ގުޅުން ކަނޑާލަން އެއީ އަހަރެންނަށް ވަރަށް އަސަރު ކުރާތީ، އެކަމަކު އެ މީހުން ދިޔައީ އަހަރެންނަށް މަލާމާތް ކުރަމުން، އެ މީހުން އެ ކަންތައް ނުހުއްޓުމުން، އަހަރެން އަމިއްލައަށް މަރުވާން ނިންމީ". 2019 ވަނަ އަހަރުގެ އޭޕްރިލް އަށެއް ލިޔުނު އެ ނޯޓުގައި ވެއެވެ.

އޭނާ މަރުވީ އެ ނޯޓު ލިޔުނުތާ އެއް އަހަރު ފަހުންނެވެ.

އޭނާގެ ހަށިގަނޑު ފުލުހުންނަށް ފެނުނީ އެއް ދުވަސް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު