ރަޝިއާގައި މީސް މީޑިއާގައި ނުފޫޒުގަދަ އަންހެނެއް ކަމަށްވާ މަރިނާ ބަލްމެޝެވާ ވެފައި ވަނީ އޭނާގެ ފިރިމީހާގެ ގާތުން ވަރިވެ، އޭނާއަށް ދޮން މަންމަ ކިޔާ ފިރިހެން ދަރިފުޅާއި ކައިވެނި ކުރި ފަހުން މީޑިއާގެ ސަމާލުކަން އައި މީހެކެވެ. އޭނާ އިނީ މިހާރުގެ އުމުރުން 21 އަހަރުގެ އެ ފިރިހެން ދަރިފުޅަށް ބަލި ވެއެވެ. އޭނާ މި ވަނީ އެ ލޯބިވެރިޔާއަށްޓަކައި ޕްލާސްޓިކް ސާޖަރީއެއްވެސް ހަދާފައެވެ.

އުމުރުން 35 އަހަރުގެ ބަލްމެޝެވާ ވަނީ ކައިވެނި ކޮށްގެން އުޅެނީ ވްލަޑިމިރް ނަމަކަށް ކިޔާ، ޒުވާނަކާއެވެ. އެއީ އޭނާއަށް ދޮން މަންމަ ކިޔާ ކުއްޖެކެެވެ.

މަރީނާއަށް، އެ ފިރިހެން ކުއްޖާ އިނގެނީ އޭނަގެ އުމުރުން ހަތް އަހަރުގައެވެ. މަރީނާ ބުނީ، އޭނާގެ ނޫ ދެލޯ ވަރަށް ކަމުދާ ކަމަށެވެ.

މަރީނާ ކުރިން ކައިވެނިކޮށްގެން އުޅެނި ވްލަޑިމިރްގެ ބައްޕަ އެލެކްޒޭ ޝަވްރިން، 45އ އެވެ. އޭނާ ދަނީ އެ މީހުން އެޑޮޕްޓް ކުރި ފަސް ދަރިން ބަލަމުންނެވެ.

ބްލޮގަރެއްގެ ގޮތުގައި އުޅޭ މަރީނާ ވަނީ، އޭނާ ކުރިން ހުރިގޮތުގެ ފޮޓޯތައް އަދި ފަހުން ފެންނަ ގޮތުގެ ފޮޓޮތައް އާއްމުކޮށްފައެވެ. އެގޮތުން އަހަރެއްހާ ދުވަސް ކުރިން އެބްޑޮމޮނޯޕްލާސްޓީ މީގެ އަހަރެއް ކުރިން ހަދާފައެވެ.

އަދި އިތުރު އޮޕަރޭޝަންތައްވެސް ކޮށްފައި ވެއެވެ. ބޭނުމަކީ ރީތިވެފައި ޒުވާން ވުމެވެ.

މަރީނާ ބުނީ، އޭނާގެ ކުރީގެ ފިރިމީހާ، އެ ގުޅުމަށް ނުރުހޭ ކަމަށެވެ. އަދި އޭނާއަށް މައާފް ނުކުރާ ކަމަށްވެސް ބުންޏެވެ.
"އަހަރުމެން މިހާރު ޝެއާ ކުރަން ހުރިހާ އެއްޗެއް، އޭނާ ވަަރަށް އަންޑާސްޓޭނިންގ، އަދި އަހަރުމެން ދަރިއަކު ހޯދާނަން، އިތުރަށްވެސް، އަހަރެން އުއްމީދު ކުރަނީ ވަރުގަދަ ކައިވެންޏަކަށް މި ކައިވެނި ވާނެ ކަމަށް". އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. އަޒީމް

  އިސްލާމްދީނުގައި މިފަދަ ނުބައިކަންކަން މާތް ރަސްކަލާނގެ ހަރާމް ކުރައްވައި މަހްރަމުން ކަނޑައަޅުވާފައިވާ މަތިވެރި ހިކްމަތް ދީންގަބޫލް ނުކުރާ މީހުންގެ ނުތާހިރު ދިރިއުޅުންތަކައް ބަލާލުމުން ދެނެގަނެވޭ.

  123
  1
 2. ކެކުރި

  އިދެގެންނޯ ދަރިންނާ ވެސް
  އެޑޮޕު ކޮއްގެން ގެންގުޅޭ ފަސް ކުދިން ނަކީ ވެސް ހަމަ އެބޭނުމުގަ ގެންގުޅޭ ފަސް ކުދިން

  19
  1