ގެެރީގެ ބޮޑުުކަމުދާ ތަކެެތިން ކޭކު އުފައްދައިގެެން ގިނަ ބައެެއްގެެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އޮންލައިން ވިޔަފާރި ޕްލެޓްފޯމް އެމެޒޯންގައި ވިއްކަން ފަށައިފިއެެވެެ.

ހާއްސަކޮށް އިންޑިއާ މީހުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ މި ޕްލެެޓްފޯމުގައި ކޮވިޑް-19 ގެ ދުވަސްވަރު ހާއްސަކޮށް އަންނަނީ މިފަދަ އާދަޔާ ހިލާފު ތަކެތި ވިއްކަމުންނެެވެ. ބައެެއް މީހުން އަންނަނީ މި ބާވަތްތައް ގަނެ ބޭނުން ވެސް ކުރަމުންނެވެެ.

ގެރީގެ ބޮޑުކަމުދާ ތަކެތިން ހަދާފައިވާ ކޭކު ވެެސް އެމަޒޯން އިން ލިބެން އެެބަހުއްޓެެވެ. އެ ތަކެެތި ވިއްކަމުން އަންނަނީ އިންޑިއާ އަންހެނެކެެވެެ.

މި ގަތް މީހަކު ވަނީ އެ އައިޓަމަށް ރިވިއުއެއް ވެސް ދީފައެވެެ. ބެލެވޭ ގޮތުގައި އެމީހާ ވަނީ އެއީ ކޮން އެއްޗެެެއްތޯ ރަނގަޅަށް ނުބަލާ އެެ ކޭކު ކައިފައެެވެ. އޭނާ ބުނެފައި ވަނީ އެ ކޭކުގެެ ރަހަ ނުބައި ކަމަށާއި، އެެ ކެެއުމުގެ ފަހުން އޭނާ އަށް ބޭރަށް ހިންގުމުގެ މައްސަލަ ދިމާވި ކަމަށެެވެެ. އަދި އެ ކޭކުން ލަނީ ވިނަ ރަހަ ކަމަށާއި، އުފެއްދުމުގައި މިހާރަށްވުރެ ސަމާލުކަން ދޭން އެބަ ޖެހޭ ކަމަށް އޭނާ ބުނެެފައި ވެއެވެ. އަދި އެ ކޭކު މިހާރަށްވުރެ ހަރުކޮށް ތައްޔާރުކުރުމަށްވެސް އޭނާ ވަނީ އެދިފައެވެެ. މި ރިވިއު ދީފައި ވަނީ ގޮތް ނޭނގޭ އެކައުންޓަކުންނެވެެ.

ހަގީގަތުގައި މި ކޭކަކީ އިންޑިއާގައި ގެެރިއަށް އަޅުކަން ކުރާ މީހުން "ދީނީ ކަންކަމުގައި" ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުރި އެއްޗެއް ކަމަށް ވެއެވެެ. އެމީހުން ދީނީ ގޮތުން ކުރާ އެެކި ކަންކަމުގެ ތެރޭގައި ގެެރީގެ ކުޑަކަމުދާ ތަކެތި ބުއިމާއި، އޭގެން ފެންވެރުންވެސް ހިމެނެއެވެެެ. އެއީ ގިނަ ބަލިތަކުގެ ފަރުވާ ކަމަށްވެެސް އެ ދީނުގެެ މީހުން ގަބޫލުކުރެއެެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އައިމިނަ

  އައްޗީޑި 🤮

  46
 2. އަޑަފި

  ޢަބުދުﷲ ޝާހިދު މިއަށް އޯޑަރު ނުދޭތަ؟ ނޫނީ މީގެ ސިޕްމަންޓެއް ހަދިޔާގެ ގޮތުގައި ނުލިބޭތަ؟

  37
  4
 3. Anonymous

  އިންޑިއާގެ ކޮވިޝިލްޑް ކުންފުނީން އުފެއްދި ވެކްސިންގައިވެސް ގެރީގެ ގޮރު ހިމެނޭ

  33
  4
 4. Anonymous

  ސޯލިހު އާ ނަޝީދު ދެން ތިނޫން އެއްޗެއް ނުކާނެ.

  19
  1
 5. އެމަންޖެ

  ކެނެރީ އަންނިޔައް ވަރަށް މީރު އެއްޗަކައް ތިޔަވާނެ.

 6. ހަމައިންނެއްޓޭ

  ތިކާންދީގެން ބުއްޅަބެ މައިތިރިކުރޭ. ޙުރިހާ ނުބައެއްގެ އަސްލަކީ ސޮނިބުއްޅަ