ޗޮކްލެޓަކީ އެ ކެއުމަކަށް އެކި އުމުރުފުރާތަކުގެ މީހުން ތަފާތެއް ނެތި ލޯބި ކުރާ އެކައްޗަކަށް ވާނެއެވެ. ތަފާތު އެކި ރަހަތައް ހުންނަ ޗޮކްލެޓްތައް ތަޖުރިބާކޮށްލުމަކީ ވަރަށް ގިނަ މީހުން ކޮށް އުޅޭ ކަމެކެވެ. ޗޮކްލެޓް ކެއުމަކީ މީހާގެ މޫޑު ރަނގަޅުކޮށް، ތާޒާކަން މަތީ ބަހައްޓައިދޭ މީހާ އަށް ރަނގަޅު ބަދަލުތަކެއް ގެނުވާ އުފާވެރި ކެއުމެކެވެ.

މިފަހަރު ދައްކަން މިއުޅެނީ ތަފާތު ޗޮކްލެޓެއްގެ ވާހަކައެވެ. ޓްރޭޑަ ޖޯސް ބްރޭންޑަކީ ރަހަ މީރު ތަފާތު ޗޮކްލެޓްގެ ބާވަތެކެވެ. މި ގަރުނުގެ ޗޮކްލެޓްގެ ގޮތުގައި އެތައް ބަަކު ސިފަ ކުރާ ފިޔާތޮށި ޗޮކްލެޓަކީ ޗޮކްލެޓްގެ އާއިލާ އަށް ލޯބި ކުރާ ކޮންމެ މީހަކު ވެސް ރަހަ ބަލާލަން ބޭނުންވާނެ ކެއުމެކެވެ. އަދި އެ ކެއުން ފެނުމުން ކާހިތް ނުވެ ހުންނާނީ މަދު މީހެކެވެ.

މަޑު ފިޔާތޮށި ކުލައެއް ހުންނަ މި ޗޮކްލެޓް ވުޖޫދުވެގެން އައީ 2017 ވަނަ އަހަރު ތެެރޭގައެވެ. މި ޗޮކްލެޓް އުފައްދާފައި ވަނީ ރަތް ކޮކޯ ބީން އިންނެވެ. މިއީ ނެޗުރަލް ޗޮކޮލެޓެއް ކަމަށްވާ އިރު މި ޗޮކްލެޓަށް އެއްވެސް ވަރަކަށް އިތުރު ކުލަތަކެއް ނާޅައެވެ. މި ޗޮކްލެޓްގެ ރަހައަށް ބަލާ ނަމަ އޭގައި ދެނީ މޭވާ ރަހައާ ވައްތަރު ރަހައެއް ކަމަށް އޭގެ ރަހަ ބެލި ބައެއް މީހުން ވަނީ ފުޑް ރިވިއުގައި ބުނެފައެވެ.

މި ޗޮކްލެޓްގެ ވާހަކަ އިއުލާން ކުރީ ޝަންހާއިގައެވެ. އަދި އެތައް ދުވަހެއް ވަންދެން މި ޗޮކްލެޓް ލިބެން ހުރީ ކާބޯތަކެތީގެ ސައިންޓިސްޓުންނަށް އެކަންޏެވެ. މިއީ އޮސްކާސްގައި 2018 ވަނަ އަހަރުގެ ސްޓާ އިންގްރީޑިއެންޓްވެސްމެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. އިއްބެ

  ގަރުނުގެ ޗޮކޮލެޓް ޕީޕީއެމް ޗޮކޮލެޓް

  5
  1
  • ކަދުރު

   ލޮލް! ޔާމީން ޗޮކުލެޓް ކިޔާބަލަ! ފާތުމަ ހަދަނީ މި ޗޮކުލެޓް! އަގުވެސް ބޮޑޯ! އޭނާ ދޫކޮށްވެސް ލާފާނެ ޕީޕީއެމް ކުދިން މީގެ ޗޮކުލެޓް ކާން ފެއްޓީމަ!

   5
   1