ކޮވިޑް-19 ޖެހިގެން މަރުވި ކަމަށް އާއިލާއަށް އަންގާފައިވާ، އުމުރުން 85 އަހަރުގެ އަންހެނަކު ނުވަ ދުވަސް ފަހުން އެނބުރި ގެއަށް އައިސް މުޅި އާއިލާ ހައިރާންކޮށްލައިފިއެވެ.

ސްޕެއިންއަށް ނިސްބަތްވާ އެ އާއިލާގެ ހިމެނޭ ރޮގެލިއާ ބްލެންކޯއަށް ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރިއެވެ. އަދި ޖެނުއަރީ 13 ވަނަ ދުވަހު އޭނާ މަރުވެއްޖެ ކަމަށް އާއިލާއަށް އެންގިއެވެ. އަދި އޭގެ އަނެއް ދުވަހު އޭނާގެ ޖަނާޒާ ކަންކަން ނިންމާލާފައިވާ ކަންވެސް އެންގިއެވެ.

ކޮވިޑް-19 ބަލީގައި މަރުވާ މީހުންގެ ޖަނާޒާ ކަންކަން ކުރިއަށްގެންދާއިރު، އާއިލާއިން ބައިވެރި ނުވެއެވެ.

އެހެންވެ އެ އަންހެން މީހާ އެނބުރި ޒޯވޭގައި ހުންނަ ކެއާ ހޯމް އަށް އައުމުން އެތައް ބަޔަކަށް ލިބިގެން ދިޔައީ ހައިރާން ކަމެކެވެ. ހާއްސަކޮށް އޭނާގެ ފިރިމީހާއަށް އޭނާ ފެނިގެން ދިޔުމުން ލޮލުން ހޯސްލާފާއި ކަރުނަ އެވެ.

އެގޭގައި އަންހެނުންނާއެކު އުޅެމުންދާ ރަމަން ބްލެންކޯއަށް އެނގިގެން ގޮސްފައި ވަަނީ، އޭނާގެ އަންހެނުންނާއި އެއް ކޮޓަރިއެއްގައި އޮތް މީހަކު އެ ބަލީގައި މަރުވެގެން އެ މީހުންނަށް ދެވުނީ ނުބައި މައުލޫމާތެއް ކަމެވެ.

"އަހަރެން ގަބޫލެއް ނުކުރަން، އަހަރެން ރުއިން އަންހެނުން މަރުވީމަވެސް". އޭނާ ބުނެފައި ވެއެވެ.

އެ ކެއާ ހޯމް ޖިންގާ ދަ ސަން ރޮސެންޑޯ ފައުންޑޭޝަނުން ބުނީ، ރޮގެލިއާ އާއެކު ފައްސިވި އިތުރު މީހުންވެސް އެހެން ތަނަކަށް ބަދަލު ކުރި ކަމަށެވެ. އަދި މިގޮތަށް ބަދަލު ކުރިއިރު، ކޮންމެ ކޮޓަރީއަކަށް ލާފައި ވަނީ ދެ މީހުންނެވެ.

އަދި މިގޮތަށް މީހުން ބަދަލުކުރިއިރު މަރުވި މީހާއާ ދިރިހުރި މީހާ އޮޅުނީ، މީހުން ވަކި ކުރުމުގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން ކަމަށް އެ ފައުންޑޭޝަނުން ބުނެފައި ވެއެވެ.

އެކަމާއި އެ ފައުންޑޭޝަނުން ވަނީ މައާފަށްވެސް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު