ކެރޮލީނާގައި އުމުރުން އެންމެ 23 މަހުގެ ކުއްޖަކު ފަތި ބެޓަރީއެއް ދިރުވާލައިގެން، އުޅެނިކޮށް މަރުވެއްޖެ އެވެ. އެ ކުއްޖާ މަރުވެފައި ވަނީ ވަރަށް ގިނައިން ލޭ ލުމަށްފަހު އެވެ. ރިމޯޓެއްގެ އެ ބެޓަރީގެ ސަބަބުން އޭނާގެ ހަށިގަނޑުގެ ގުނަވަންތަކަށްވެސް ގެއްލުން ވެފައެވެ.

ޖޮނަތަން ހަފް ނަމަކަށް ކިޔާ އެ ކުއްޖާ ބެޓަަރީ ދިރުވާލިތާ ހަތަރު ދުވަސް ތެރޭގައި އޭނާގެ ގުނަވަންތަކަށް ގެއްލުންވެ ލެއިން މީހާ ތަތްތަޅުވާލިއެވެ.

އޭނާ މަރުވެފައި ވަނީ ޑިސެންބަރު 20 ވަނަ ދުވަހުއެވެ. މައިންބަފައިންނަށްވެސް ނޭގި، އޭނާ ދިރުވާލި އެ ބެޓަރީއާއެކު، ހަތަރު ދުވަސް ވަންދެން އުޅުނީ ހާލު ދެރަކޮށެވެ.

އޭނާގެ މައިންބަފައިންކަމަށްވާ ޖެކީ އާއި އޭޖޭ އަށް ފުރަތަމަ ހީކުރެވުނީ، އެކަން މެދުވެރިވީ ވައިރަލް އިންފެކްޝަނެއްގެ ސަބަބުން ކަމަށެވެ. އެއިރު ޖޮނަތަންގެ ނޭފަތުން ކޮންމެވެސް ވަރަކަށް ދިޔައީ ލޭފައިބަމުންނެވެ. އަދި އޭނާގެ ހުންވެސް ގަދަވިއެވެ.

އެކަމާއި ދެފަހަރެއްގެ މަތިން އާއިލާއިން ހޮސްޕިޓަލަށްވެސް ދިޔައެވެ. ފަހުން އޭނާގެ ހަށިގަނޑުން ވަރަށް ގިނައިން ލޭ އައިސްގެން އުޅުނެވެ. ފަހުން ޖޮނަތަން ފެނިފައި ވަނީ ގޭގައި އެއްވެސް ހަރަކާތެއް ނެތި އޮއްވާ އެވެ.

ޖޮނަތަން މަރުވެފައި ވަނީ އެންބިއުލާންސްވެސް ނާދެވެނީ އެވެ.

އޭނާގެ އޮޓޮޕްސީން ދައްކާގޮތުން، އޭނާގެ ހަށިގަނޑުގެ އެތެރޭގައި އޮތީ ފަތި ބެޓަރީ އެކެވެ.

ޖެކީ ބުނިގޮތުގައި، ބެލެވެނީ އެއީ ކީފައިންޑާ ރިމޯޓުގެ ބެޓަރީއެއް ކަމަށެވެ.

މުޅި އާއިލާ މިހާރު ވަނީ ހިތާމައިން ފޯވެފައެވެ. އާއިލާ މިހާރު އެދެމުން ދަނީ އެފަދަ ތަކެތި ކުޑަކުދިން ފެންނަ ހިސާބުގައި ނުބަހައްޓަން އެދެމުންނެވެ. އަދި އެފަދަ ރިމޯޓްތަކުގައި ޓޭޕް އަޅާ ބެޓަރީ ނުނެއްޓޭ ގޮތް ހެދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ؛ލ

    އެކަަހަލަ ކުޅޭ އެއްޗެހީގަވެސް އިނދޭލިޔެފަ 3 އަހަރުގެ ކުދިން ބޭނުން ކުރުން އެކަށީގެން ނުވެއޭ

    11
  2. ނީވް

    އެކަަހަލަ ކުޅޭ އެއްޗެހީގަވެސް އިނދޭލިޔެފަ 3 އަހަރުގެ ކުދިން ބޭނުން ކުރުން އެކަށީގެން ނުވެއޭ

    "އިނދޭލިޔެފަ" މި ގޮތަށް އޮތީމަ އޭ އެއް ނުފެނުނީ. "އިނދޭލިޔެފަ" ގޭގަ ފިލާ އިނީމަ ހަމަ ނުފެނުނީ
    ލިޔަފައޮތް ނަމަ ފެންނާނެހެން ހީވަނީ ދޯ....