މިއީ ގޭތެރެ ސާފް ކުރަން ފޯރި ހުންނަ އަންހެނެކެވެ. ކޮންމެ ދުވަހަކު އޭނާ ފަސްގަޑިއިރު ގޭތެރެ ސާފް ކުރުމުގައި ހޭދަކުރެއެވެ. އަދި އޭނާ ވަނީ އޭނާގެ އާއިލާ ފެންވެރުންވެސް މަނާ ކޮށްފައެވެ. އޭނާގެ ޝެޑިއުލްވެސް ހުންނަނީ ވަރަށް ބިޒީކޮށެވެ.

އޮސްޓްރޭލިއާއަށް ނިސްބަތްވާ ކްރިސްޓަލް ނަމަކަށް ކިޔާ އެ އަންހެން މީހާ ވަނީ ޓިކްޓޮކްގައި މަޝްހޫރުވެގެން ގޮސްފައެވެ. އޭނާ ބެޑްޝީޓްތައް ކޮންމެ ދުވަހަކުވެސް އިސްތިރި ކުރެއެވެ. އަދި ގޭގެ މޫނު ބަލާ ލޯގަނޑު 50 ފަހަރަށް ސާފް ކުރެެއެވެ. އަދި ގޭގެ ޝަވަރުވެސް ހުންނަނީ ޑިސްޕްލޭއެއް ގޮތަށް ބަހައްޓާފައެވެ.

2016 ވަނަ އަހަރު ޗެނަލް 4އެސް އިން ގެނެސްދިން އޮބްސެސިވް ކޮމްޕްލޫސިވް ކްލީނާސްގައި ބައިވެރިވި ކްރިސްޓަލްގެ ވީޑިއޯތައް ޓިކްޓޮކް އިން ފެނިގެންދެއެވެ.

ލަންޑަންގައި ހުންނަ އޭނާގެ ދެ ކޮޓަރީގެ އެޕާޓްމެންޓް ސާފް ކުރުމުގައި ކޮންމެ ދުވަހަކުވެސް އޭނާ ވަގުތު ހޭދަކުރާއެކު، އެކަން އޭނާ ފަށައިގަންނަނީ ފަތިހު ފަހެއް ޖަހާއިރު އެވެ.

އޭނާ ވަނީ ލޯގަނޑު 50 ފަހަރަށް ސާފް ކުރާ ވާހަކައާއި، މެޝެނުން ބެޑް ޝީޓްތައް އަންނައިރު،އެ އެއްޗެހި ހުންނަ ގޮތް ހިތްހަމަ ނުޖެހޭތީ އެ އެއްޗެހި އިސްތިރިކުރާ ވާހަކަ ބުނެފައެވެ.

އަދި އެންމެންވެސް ބެޑްޝީޓް އިސްތިރި ކުރުމަށް އޭނާ ވަނީ އެދިފައެވެ.

ކްރިސްޓަލްގެ އަށް މަހުގެ ދަރިއަކުވެސް ހުރެއެވެ. އޭނާ ދަރިފުޅަށްވެސް ވަގުތު ދެނީ ސާފް ކުރަމުންނެވެ.

އޭނާ ސާފް ކުރުމުގައި ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން އެންމެންވެސް ތިބެނީ ހައިރާން ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލާދީނީ އަންނި

    މަބޭނުން އަހަރެންގެ ގެ ސާފުކޮއްލަން

    14
    2
  2. ވަހުތާނު އަހުމަދު

    އިނދެލަންހަ މަ މަރެއް .. އެއްވަނައިގެކަނބަލެއް ..

    4
    1
  3. ޝައްކު ބަލި

    މިޔަށް ކިޔަނީ ނަފްސާނީ ބަލި މަޑުކަން

    6
    1
  4. Anonymous

    މީ މަޖާ ކަމެއް ނޫން ޖޯކު ޖަހާވަރުގެ. މިބަލިމަޑުކަމަށް ކިޔަނީ އޯސީޑީ 😏

    7
    1
  5. ހައިރާން

    އަދި އޭނާ ވަނީ އޭނާގެ އާއިލާ ފެންވެރުންވެސް މަނާ ކޮށްފައެވެ.

  6. މީ

    ސާފުކުރުން އޯކޭ އެކަމް ސާފުކޮށް ހުންނަ އެއްޗެއް އަނެއްކާވެސް ގިނަ ގިނައިން ސާފު ކުރަންޏާ އެވެދާނެ އޯސޯޑީ ބައްޔަށް

  7. މީ

    ސާފުކުރުން އޯކޭ އެކަމް ސާފުކޮށް ހުންނަ އެއްޗެއް އަނެއްކާވެސް ގިނަ ގިނައިން ސާފު ކުރަންޏާ އެވެދާނެ އޯސީޑީ ބައްޔަށް

    1
    1