މިދިޔަ އަހަރު ޑިސެމްބަރު މަހު ހާޓް އެޓޭކެއް ޖެހިގެން މުމްބާއީގެ ކޮކިލާބެން ދީރޫބާއީ އަންބާނީ ހޮސްޕިޓަލުގައި ފަރުވާ ދެވުނު މަޝްހޫރު ނެށުންތެރިޔާ އަދި ޑައިރެކްޓަރ ރެމޯ ޑިސޫޒާގެ ހާލަތު ރަނގަޅުވެ ވަނީ ގެއަށް ފޮނުވާލާފައެވެ.

ނަމަވެސް އަދި ވެސް އެއްކޮށް ރަނގަޅު ނުވާތީ ތެރަޕީ ނަގަމުންދާ ރެމޯ އޭނާގެ ތިން ޑޮކްޓަރުންނާއި އެކު ސްޓްރީޓް ޑާންސާ 3ޑީ ފިލުމުގެ ''މުއްކާލާ'' ލަވައަށް ޑާންސް ކުރާ ވީޑިއޯއެއް މިދިޔަ ހޯމަ ދުވަހު ވަނީ އޭނާގެ އިންސްޓަގުރާމު އެކައުންޓްގައި ހިއްސާ ކޮށްފައެވެ.

މި ވީޑިއޯ އިންސްޓަގުރާމުގައި ހިއްސާކޮށް ރެމޯ ބުނެފައިވަނީ ނެށުމަކީ އުފާވެރިކަން ގެނެސްދޭ ކަމެއް ކަމަށާއި އެއީ އޭނާގެ ދިރިހުރުމަށް މުހިންމު ކަމެއް ކަމަށެވެ. އޭނާގެ ޑޮކްޓަރުން ކޮށްދީފައިވާ މަސައްކަތަށް ޝުކުރު އަދާކޮށްފައިވެއެވެ. އަދި މުޅިން އެއްކޮށް ރަނގަޅުވުމަށް ނަށަނީ ކަމުގައި ވެސް ބުނެފައިވެއެވެ.

ހާޓް އެޓޭކް ޖެހުނު ގޮތް ކިޔައިދެމުން ރެމޯ ބުނެފައިވަނީ އޭނާގެ ހާލަތު ގޯސްވާން ފެށީ ޖިމްގައި ހުއްޓާ ކަމަށެވެ. އެހެންކަމުން އޭނާގެ އަންހެނުން ލިޒޭލްއާއި އެކު ގެއަށް މަގުމަތީގައި ހާޓް އެޓޭކެއް ޖެހުނީ ކަމަށް ވެސް ރެމޯ ބުނެފައިވެއެވެ.

 

View this post on Instagram

 

A post shared by Remo Dsouza (@remodsouza)

''ލިފްޓަށް އެރުމަށްފަހު ލިފްޓްގައި ވެސް އަހަރެން އިނީ އިށީނދެ. ފުލޯއަށް އާދެވުމުން ލިފްޓުން ނިކުތުމުން ކެއްސަން ފެށި. އަދި ހޮޑުވެސް ލަވާގޮތް ވެފަ ހުރީ. އެވަގުތު ލިޒެލް އަހަރެންގެ އަތުގައި އޮތް ގަޑިން އަހަރެންގެ ހިތުގެ ހިނގުމާއި އީސީޖީ ޗެކް ކުރުމަށްފަހު އަހަރެންގެ ހާލު ރަނގަޅު ނޫންކަން އެނގުނު. ދެން ހޮސްޕިޓަލަށް ގެންދެވުމުން އެނގުނު މިއީ މޭޖާ ހާޓް އެޓޭކެއްކަން'' ރެމޯ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު