ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރްގެ އެންމެ ތަފާތު ކެރެކްޓާއެއް ފެނިގެން ދިޔަ ނަމަވެސް އޭނާގެ އެންމެ ހަނދާން ހުންނަ ކެރެކްޓައެއް ފެނިގެން ދިޔަ ފިލްމަކީ ކަރަން ޖޯހަރްގެ ކަބި ހުޝި ކަބި ގަމްއެވެ. މިހާރު އެ ފިލްމަށް އެތައް ދުވަސްތަކެއް ވެފައިވާއިރު، އެ ފިލްމް އަދިވެސް ބަލާ މީހުން މަދެއް ނޫނެވެ. އަދި އެތައް ބަޔަކަށް ކަމުދާ މި ފިލްމްގެ ރީތިކަމާ އެއްވަރަށް ފިލްމްގެ ލަވަތައްވެސް އޭހާ ރީއްޗެވެ.

ފިލްމްގެ އެންމެ ވިދާލި ކަމަކީ ކަރީނާ ކަޕޫރުގެ ކެރެކްޓަރ "ޕޫ"އެވެ. އެ ފިލްމްގައި ކަރީނާ ތަފާތު މަޖާ އަދި އެހާ ތުއި މީހެއްގެ ގޮތުގައި ފެނުނު ނަމަވެސް އާއްމުންނަށް އެ ކެރެކްޓަރ ކަމުދިޔައެވެ. އަދި އެ ފިލްމްގައި އޭނާއާ މުހާތަބު ކުރާ ނަން "ޕޫ"ވެފައި ވަނީ މަޝްހޫރު ނަމަކަށެވެ. އަދި އެ ފިލްމްގެ ވަރަށް މަޝްހޫރު ޑައިލޮގްތައް ވެސް ހުރެއެވެ.

މީގެ ކރުިން ކަރީނާ ބުނެފައިވާ ގޮތުން އެ ނަމުން މިހާރުވެސް ގިނަބަޔަކު އޭނާއަށް ގޮވާ އުޅެއެވެ. އަމީތާބް ބައްޗަން، ޖާޔާ ބައްޗަން، ކާޖަލް، ރިތިކް އަދި ޝާހްރުކް ޚާން ފެނިގެން ގޮސްފައިވާ އެ ފިލްމަކީ އޭރު ނެރުނު ފިލްމްތަކުގެ ތެރެއިން އެންމެ ހިޓް އެއް ފިލްމެވެ. ޕޫގެ އެންމެ މަޝްހޫރު ޑައިލޮގްތަކާއި އޭގެ މާނަ ތިރީގައި މިވަނީއެވެ.

  • ހައު ޑެއާޔޫ ތުމާރާ ކޮއި ހަގްނެހި ބަންތާ: މިއީ މީހަކަށް ކަމެއް ކުރަން ކެރުނީ ކިހިނެއްހޭ ބުނުމަށް އާންމުކޮށް ބުނާ އެއްޗެކެވެ. ނަމަވެސް ޕޫ މިިހެން ބުނަނީ އޭނާގެ އަމިއްލަ ރީތި ކަމަށް ނިސްބަތްކޮށެވެ.
  • ޓެލް މީ ހައު އިޓް ވޯޒް: މިއީ ތަނަކަށް ނުގޮސް، އެތަނުގައި ވީ ކަމެއް ފަހުން ބުނާށޭ ބުނުމުގެ ގޮތުން ބުނާ ބަހެކެވެ.
  • ކޯންހޭ ޔޭ ޖިސްނޭ ދުބާރާ މުޑްކޭ މުޖޭ ނެހީ ދޭކާ: މިއީ މީހަކު ސަމާލުކަން ނުދީ، ފަސް އެނބުރި ނުބަލާ ދިއުމުން ބޭނުން ކުރާ ބަހެކެވެ.
  • ބިކޯޒް އައިއޭމް ފެޓް: މި ޑައިލޮގްގައި ބުނާ ފެޓްގެ މާނައަކީ ފަލަވުމެއް ނޫނެވެ. އެއީ ޕްރިޓީ ހޮޓް އެންޑް ޓެމްޕްޓިންއެވެ. މާނައަކީ ރީތި، އަޅައިގަންނަ ކަހަލަ ގޮތެއް ހުރި މީހުން ހޯދަން ބޭނުންވާ ކަހަލަ މީހަކަށް ވުމެވެ.

ކިޔުންތެރިންގެ ހިޔާލު