ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިންމު ކެއުމުގެ ގަޑި ކަމަށްވާތީ ހެނދުނުގެ ނާސްތާ ގަޑި ފުރިހަމަ ކުރާ މީހުން އުޅެއެވެ. އަދި މެންދުރު ގަޑީގައި ވަރުބަލި ކަމުންނާއި ބުރަކަމުން ގަޑި އަށް ކެވޭ ފަހަރު އާދެއެވެ. ނަމަވެސް ރޭގަނޑު ކާ ގަޑި ޖެހޭއިރު ހަށިގަނޑަށް ވެފައިވާ ވަރުބަލިކަމުން އަރާމު ކޮށްލަން ބޭނުންވުމާއި ކާ ގަޑީގެ ކުރިން ކޮންމެވެސް ކުދި ކެއުމެއް ކައިގެން ރޭގަނޑުގެ ކެއުން ލަސްކުރެވެއެވެ.

ރޭގަނޑުގެ ކެއުން ލަހުން ކެއުމަކީ ހަށިގަނޑަށް ގެއްލުންހުރި ކަމެކެވެ. ރޭގަނޑުގެ ކެއުން ކާން އެންމެ ރަނގަޅު ގަޑިއަކީ 7:00 އާއި 7:30 ދޭތެރެއެވެ. އެއީ މީހާ ހަރަކާތްތެރިވެ ފިޓްކޮށް ހުރުމަށެވެ. ރޭގަނޑުގެ ކެއުން އަވަހަށް ކެއުމުން ހަށިގަނޑަށް އެތައް ފައިދާއެއް ކުރެއެވެ.

ރޭގަނޑުގެ ކެއުން އެންމެ ރަނގަޅު ވަގުތު ކެއުމުން ހަށިގަނޑަށް ލިބޭނެ ފައިދާތަކަކީ:

ހަޖަމު ކުރުމަށް އެހީތެރިވެދޭ.

ނިދަން އޮށޯތުމުގެ ކުރިން ކާ އެއްޗެހި ހަޖަމު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ އޮށޯތުމުން ރަނގަޅަށް ހަޖަމު ނުކުރެވޭނެތީ އާއި ބަނޑުގައި ރިއްސުން ފަދަ ކަންތައްތައް ކުރިމަތިވެދާނެތީއެވެ.

ކެލޮރީސް ދަށްކޮށްދޭ.

ލަހުން ކެއުމުން ކެލޮރީސް ދަށް ކޮށެއް ނުދެއެވެ. އޭގެ ސަބަބުން މި ކެލޮރީސް ފެޓީ އެސިޑްއަށް ބަދަލުވެ ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.

ބަރުދަން ލުއި ކޮށްދޭ.

މިް ގަޑިއަށް އެންމެ ރަނގަޅު ކާނާ ކެއުމަކީ ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ. ރޭގަނޑު އަވަހަށް ކެއުމުން ކާނާ ހަޖަމުވެ، ކެލޮރީސް ދަށްކޮށްދެއެވެ.

ހަކުރު ދަށްކޮށްދޭ.

ރޭގަނޑު އަވަހަށް ކެއުމުން ކާތަކެތި އަވަހަށް ހަޖަމުވާނެއެވެ. އަދި ކާނާ ގުލްގޯޒަށް ބަދަލުކޮށްދޭނެއެވެ. އޭގެ ސަބަބުން ހަކުރު ލެވެލް ދަށްކޮށްދެއެވެ.

ފަސޭހައިން ނިދާލެވޭ.

އަވަހަށް ކެއުމުން ކާނާ ހަޖަމުވެ ނިދުމަށް ފަސޭހަވެއެވެ. އަދި ހެނދުނު ހޭލާއިރު މީހާ ތާޒާކަން މަތީ ހުންނާނެއެވެ.

އެހެންކަމުން ރޭގަނޑުގެ ކެއުން ލަސްނުކޮށް ވީހާވެސް އަވަސް ކުރެވޭތީ ބަލަންވީއެވެ.

ކިޔުންތެރިންގެ ހިޔާލު