ދާދި ފަހުން 11 ވަނަ ދަރިފުޅު ވިހެއި އަންހެނަކު، ކުރިއަށް އޮތް ދުވަސްތަކުގައި 12 ވަނަ ދަރިފުޅު ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފައި ވެއެވެ. އޭނާ އެންމެ ފަހުން ދަރިފުޅު ނަގާފައި ވަނީ އެމާޖެންސީ ސީ-ސެކްޝަންގައެވެ.
މެކްސިކޯއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ ކޯޓްނީ ރޮގާސްގެ މިހާރު 11 ދަރިން ތިބޭއިރު، ކުރިއަށް އޮތްތަނުގައި އޭނާ އަށް ދަރިން ނުލިބޭނަމަ ދެރަވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އޭނާ ކައިވެނިކޮށްފައި އުޅެނީ އުމުރުން 32 އަހަރުގެ މީހަކާއެވެ. އެ ކައިވެންޏަށް 13 އަހަރުވެފައިވާއިރު، އެ އަހަރުތަކުގައި އޭނާ ބަނޑުބޮޑުކޮށް ނުހުންނަ ފަހަރު ވަރަށް ނުދާ ކަމަށް ވެއެވެ.
ކޯޓްނީގެ 11 ވަނަ ދަރިފުޅު ވިހާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހު އެވެ. އެ ދަރިފުޅަށް ކިޔަނީ ކަރިސް އައުޑްރޭ އެވެ. އެ ދަރިފުޅު ވިއްސުމުގެ ބަދަލުގައި އޮޕަރޭޝަންކޮށްގެން ނަގަން ޖެހުނީ، ދަރިފުޅަށް ރަނގަޅަށް އޮކްސޮޖަން ނުލިބޭ ކަމަށް ޑޮކްޓަރުން ބުނުމުންނެވެ.
އޭނާ ބުނީ، ކަރިސް ވިހެއި އިރު ބަރުދަންވެސް ލުއި ކަމަށެވެ. އަދި އޭނާ 15 ދުވަސް ވަންދެން އެންއައިސީޔޫގައި ބޭއްވި ކަމަށްވެސް ބުންޏެވެ.
"އަހަރެން، އެންމެ ބިރުގަތީ ކެރިސްގެ ކަންތައްތަކުގައި، އޭނާގެ ދައްތަމެންނާއި އާއި ބޭބެމެން ވިހެއިއިރު އެފަދަ ކަމެއް ނުވޭ".
އޭނާ ބޭނުންވަނީ ވިހާށެވެ. އޮޕަރޭޝަންކޮށްގެން ނަގަން ބޭނުން ނުވެއެވެ.
އޭނާ މިހާރު ދަރިންނަށްޓަކައި ވޭނެއްވެސް ގެންގުޅެ އެވެ. އޭގާއި ދަރިން ގޮވައިގެން ތަންތަނަށް ދަތުރު ކުރެއެވެ. އަދި އެކުދިންނަށް ގޭގައި ކިޔަވާ ދިނުމުގެ ކަންކަން ކުރިއަށްގެންދާ ކަމަށް އޭނާ ބުންޏެވެ.
"ގިނަ ދަރިން ވިހާފައި އަދި އެކުދިންނަށް ގޭގައި ކިޔަވައިދިނުމުގެ ކަންކަން ކުރިއަށްގެންދޭ" މި ދެ ކަމަކީ މުސްލިމަކު ކުރާ ކަމެއްނަމަ އެއީ ހަރުކަށި ފިކުރުގެ މީހަކަށް ވާނެ...
ނޫނޭ ބަރުދަން އެންމެ ބަރު ބޭބީ އެއީ. 9.3 އެލްބީ. ޢެއީ 4.1 ކޭޖީ.
މަވެސް ބޭނުން ތިވަރަށް ވިހަން.