އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާތު ކޯލީއަކީ އެތައް ގޮތަކުން އާއްމުންގެ މަގްބޫލުކަން ހޯދާފައިވާ ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ކުޅުމަށް ތައްޔާރުވުމަށް ހަދާ ވަރުގަދަ ޓްރެއިނިންތަކަކީ ކޮސްކޮށްލާ ފަދަ މޮޅު ޓްރެއިނިންތަކެވެ. ވިރާތަކީ އަބަދުވެސް ތަމްރީންތަކަށް ޚާއްސަ އިސްކަމެއް ދޭ ކުޅުންތެރިއެކެވެ.

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާއާ ކައިވެނިކޮށްގެން އުޅޭ ވިރާތު ފަހަކަށް އައިސް ގިނަ ވަގުތު ހޭދަ ކުރީ އޭނާގެ އާއިލާއާ އެކުގައެވެ.

ނަމަވެސް މިހާރު ވިރާތު ވަނީ އިނގިރޭސި ވިލާތާއި ދެކޮޅަށް ކުޅޭ މެޗަށް ކްރިކެޓް ޓީމާ ގުޅިފައެވެ. އިންޑިއާ ޓީމުން އެންމެ ފަހުން އޮސްޓްރޭލިއާގައި ކުޅުުނު ޓެސްޓް މެޗްތަކުގައި އޭނާ އަށް ބައިވެރި ނުވެވުނީ އަލަތު ދަރިފުޅު ވިހާ އިރު އަނބިމީހާ އަނުޝްކާ ކައިރީގައި ހުންނަން ވިރާތު ބޭނުންވުމުން ޗުއްޓީގައި ހުރުމުންނެވެ.

އިނގިރޭސި ވިލާތާ ދެކޮޅަށް ކުޅޭ މެޗަށް ޗެންނާއިގައި ތައްޔާރުވާ އިރު މިހާރު ވިރާތު ޓްރެއިނިިން ހަދަމުން ދަނީ އޭނާ މިވަގުތު ހުރި ހޮޓެލްގައެވެ. ލީލާ ޕެލެސް ހޮޓެލްގެ ކޮޓަރީގައި އޭނާގެ ޓްރެއިނިން ކުރިއަށް ދާ ގޮތުގެ ފޮޓޯ އާއި ވީޑިއޯ އޭނާ ވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ. ވިރާތު މި ވަގުތު ހުރީ ކަރަންޓީނުގައެވެ.

އޭނާ ކޮޓަރީގައި ހުރި މެޝިނަކުން ސައިކަލް ކުރާ މަންޒަރު އޭނާ ހިއްސާ ކުރި ވީޑިއޯ އިން ފެންނަ އިރު ކޯލީ ވަނީ ކަރަންޓީނުގައި ހުންނަ އިރު ބޭނުންވަނީ ހަމައެކަނި ކަމަކީ ޖިމް ވަސީލަތްތައް ކަމަށް ބުނެފައެވެ. އަދި ކޮންމެ ތާކުވެސް މަސައްކަތް ކުރެވިދާނެ ކަމަށް ވިރާތު ވަނީީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު