މަޝްހޫރު ބޮލީވުޑް ތަރި އާލިޔާ ބަޓް އާއި ރަންބީރު ކަޕޫރު ލޯބީގެ ގޮތުން ގުޅުނު ވާހަކަ ބޮޑެތި މީޑިޔާތަކުގެ ފަލަ ސުރުޚީތަކަށް އެރިއެވެ. މިދެމީހުން ލޯބީގެ ފޮތުން ގުޅިގެން އުޅޭކަން މީޑިޔާތަކަށް މީގެ ކުރިން ހާމަކޮށްފައި ނުވި ނަމަވެސް ރަންބީރު ކަޕޫރްވަނީ އިންޑިޔާގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި މިކަން ކަށަވަރުކޮށްދީފައެވެ. މިއާއެކު ރަންބީރުގެ އާއިލާއިންވަނީ އާލިޔާއާއިއެކު އޮންނަ ގުޅުން ބަދަހިކޮށްފައެވެ. މީސްމީޑިޔާއިން މިކަން ފާހަގަ ވެގެންދެއެވެ.

އާލިޔާ ބަޓް މިއަދު މަޝްހޫރު މީސްމީޑިޔާއެއް ކަމަށްވާ އިސްޓަގްރާމްގެ "މައި ޑޭ" އަށް ކެވެލިކޮޅެއްގެ ފޮޓޯ ލާ ރަންބީރުގެ ދައްތަ ރިޑްދިމާއަށްވަނީ ޝުކުރު އަދާކޮށްފައެވެ. ރަންބީރުގެ ދައްތައަކީ ގަހަނާ ފަރުމާ ކުރާ މީހެކެވެ. ބެލެވޭ ގޮތުގައި މިއީ ރަންބީރާއި އާލިޔާ ލޯބީގެ ގޮތުން ގުޅުމުގެ އުފަލުގައި ރަންބީރުގެ ދައްތަ އާލިޔާއަށް ދިން ހަދިޔާއެކެވެ.

އާލިޔާގެ މައިޑޭގެ ސުކްރީން ޝޮޓްއެއް

މީގެ އިތުރުން މިއަދު އާލިޔާ ލާފައިވާ ފޮޓޯއަކަށް ރަންބީރުގެ މަންމަ ނީތޫ ކަޕޫތްވަނީ ކޮމެންޓްކޮށްފައެވެ. ބުޅަލަކާއެކު އާލިޔާކޮށްފައިވާ މިޕޯސްޓްއަށް ކޮމެންޓް ކުރަމުން ރަންބީރުގެ މަންމަ ޖަހާފައިވަނީ "އޯންނ" އެވެ.

އާލިޔާއަށް މިފަދަ ސަމާލުކަމެއް ރަންބީރުގެ އާއިލާއިން ދެމުންދާއިރު އާލިޔާއަކީ ރަންބީރުގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާގެ ގާތް ތަޙްމަތްތެރިއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު