އުދުހޭ ކާރުތަކާއި، އެއާ ތެކްސީތަކަށް ހާއްސަ "ޕޮޕް-އަޕް"މޯބައިލް އެއާޕޯޓެއް އިނގިރޭސިވިލާތުގައި މި އަހަރު ތެރޭގައި ހުޅަވަން ތައްޔާރުވެއްޖެ އެވެ.

މި އެއާޕޯޓް ހުޅުވަން ނިންމާފައި ވަނީ އިންގްލޭންޑްގެ ސިޓީއެއް ކަމަށްވާ ކޮވެންޓްރީގައެވެ.

މިއީ އެއާ ޓެކްސީ ތަކާއި، އޮޓޯނޯމަސް ޑެލިވަރީ ޑްރޯންސް ހާއްސަ އެއާޕޯޓެކެވެ. އޮޓޯނޯމަސް ޑެލިވަރީ ޑްރޯންސްއަކީ އިންސާނުންނާއި،ތަކެތި އެއް ތަނުން އަނެއް ތަަނަށް ފޮނުވާ އުދުހޭ އުޅަނދެކެވެ.

މި އެއާޕޯޓް ހުންނާނީ ކޮވެންޓީގެ ރިކޯހް އެރެނާ ކައިރީގައެވެ. މިހާރު އެ އެއާޕޯޓް ސެންޓަރު ހުންނާނެ ގޮތް ދައްކުވައިދޭ ފޮޓޯއެއް މި ވަނީ އާއްމުކޮށްފައެވެ.

މި ޕްރޮޖްކޓަށް ސަރުކާރުން 1.2 މިލިއަން ޑޯލަރު ހަމަޖައްސާފައި ވެއެވެ. މި ޕްރޮޖެކްގެ މަސައްކަތް ކުރަމުން ހިޔުންޑައި ކުންފުނިން ކަމަށް ވެއެވެ. މި ޕްރޮޖެްޓްގެ ފަހަތުގައި ވާ ޓީމުން ބުނަނީ މިތަން ނޮވެމްބަރަށް ހުޅުވޭނެ ކަމަށެވެ.

މިހާރު އެންމެ މުހިންމު ކަމަކީ މީހުން މި އާ ޓެކްނޮލޮޖީއަށް އަހުލުވެރި ކުރުން ކަމަށްވާއިރު، ކޮވެންޓްރީ ޔުނިވާސިޓީން އިސްނަގައިގެން މިހާރު ވަނީ ހާއްސަ އެ ޕްރޮޖެކްޓްގެ ކަންކަން ދަނީ ބަލަމުންނެވެ.

"ކާރުތައް ދުައްވަން މަގުމަތި ބޭނުންވާއިރު، ރޭލު ދުއްވަން، ރޭލު ދަގަނޑު ބޭނުންވާ ކަމަށް، އަދި މަތިންދާބޯޓު ތަކަށް އެއާޕޯޓް ބޭނުންވާއިރު، އިލެޓްރިކްޓް ވާޓިކަލް ޓޭކް-އޮފް އެންޑް ލޭންޑީންގ ވެހިކަލްތަކަށް އާރބަން އެއާޕޯޓް ބޭނުން ވާ ކަމަށް"". އާބަން އެއާ ޕޯޓްގެ ޗެއާމަން ރިކީ ސަންދޫ ބުންޏެވެ.

އަދި އާރބަން އެއާޕޯޓްގެ ސަބަބުން އެކި ސިޓީތަކާއި ގުޅުވާލެވޭނެ ކަމަށެވެ.