އެއާޕޯޓުތަކުގައި އުުފުލެން އިންނަ މިންވަރަށްވުރެ ފޮށިތައް ބަރުވުމުން އެތަނުން އެތަނަށް ބޭނުންކޮށްލެވެން ހުންނަ އެއްޗިހި ބޭނުންކުރުމަކީ އާންމުކޮށް މީހުން ކުރަމުން އަންނަ ކަމެވެ. އެެހެން ނަމަވެސް ޗައިނާއަށް ނިސްބަތްވާ ހަތަރު ފިރިހެނަކަށް މިވަނި މިފަދަ ކަމެއް ކޮށްގެން ވަރުގަދަ ލަނޑެއް ލިބިފައެވެ.

ފޮށިތައް އުފުލޭ މިންވަރަށްވުރެ ބަރުވުމާއި ގުޅިގެެން ފުރަން ދަމުން އެމީޙުން ގެންދިޔަ 30 ކިލޯގެ އޮރެންޖު އެެ ހަތަރު މީހުން ވެގެން ވަނީ ކާލާފައެެވެ. އެކަން ކޮށްފައި ވަނީ ޗައިނާގެ "ކުންމިން ޗަންސޫގީ އިންޓަނޭޝަނަލް އެއާޕޯޓް"އަށް ފުރަން ދިޔަ ހަތަރުު ފިިރިހެނުންނެެވެ.

އެެމީހުން ގެންދިޔަ ތަކެތި މިންގަނޑަށްވުރެ ބަރުުވުމުން އެ އެއާޕޯޓަށް ބެގޭޖް ފީގެ ގޮތުގައި 300 ޔުއާން ދެއްކުމަށް އެއާޕޯޓުުން އެދުނު ނަމަވެެސް އެ ވަރުު ދެއްކުމަށް އެމީޙުުން ދެކޮޅު ހެދިއެވެ. އަދި 50 ޔުއާން އަށްވުރެ އިތުރަށް އެެންމެ ފައިސާ ފޮއްޗެއްވެސް ނުދައްކާނެ ކަމަށް އެެމީހުން ބުނެފައިވާ ކަމަށް ޗައިނާގެެ "ގްލޯބަލް ޓައިމްސް" ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.
މިިކަމަށް އެގައުމުގެ މީސްމީޑިިއާ ޕްލެޓްފޯމްތަކުުގައިވެސް ވަނީ ގިނަ ބައެގެ ސަމާލުުކަން ހުއްޓިފައެވެ.

އެމީހުން ބުނެފައި ވާ ގޮޮތުގައި ބެގެޖް ފީ ނުދެއްކުމަށް ދެކޮޅުހަދާ 20-30 މިނެޓު ތެރޭގައި އެ ހަތަރު ފިރިހެނުން ވަނީ 30 ކިިލޯގެެ އޮރެންޖު މުޅިން ކައި ހުސްކޮށްލާފައެވެ.

އެކަށީގެންވާ ވަރަށްވުރެ ގިނައިން އޮރެންޖު ކެއުމުގެ ސަބަބުން އޭގެެއިން މީހެއްގެ އަނގަވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި، އަނގަ ފާރުވުމާއި ގުޅިގެން އޭނާ މިހާރު އަންނަނީ ހޮސްޕިޓަލުން ފަރުވާ ހޯދަމުުން ކަމަށް ވެއެވެ.

2018 ވަނަ އަހަރުގެ ތެރޭގައިވެސް ފޮށި ލުއިކުރުމަށްޓަކާ ފްލައިިޓަށް އަރަމުން 10 ޓީޝާޓު މީހަކު ލައިގެން ހުރި ވާހަކަ އަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެެވެެ.

ކިޔުންތެރިންގެ ހިޔާލު