މިއަހަރު ފިތުރު އީދު ދުވަހާއި އީދަށް ފަހު ކުރިއަށް އޮންނަ ހަފްތާގައި ބޮލީވުޑްގެ އެއްވެސް ފިލްމެއް ޕާކިސްތާނުގައި ނޭޅުވޭނެ ކަމަށް އެގަމުގެ ސަރުކާރުން ވިދާޅުވެއްޖެއެވެ.

ބޮލީވުޑްގެ ފިލްމުތައް އީދާއި, އޭގެ ވިދިގެން އަންނަ ހަފްތާގައި އެގައުމުގައި ނޭޅުވޭ ގޮތަށް ނިންމީ ޕާކިސްތާނުގެ އަމިއްލަ ހަތަރު ފިލްމު އެ ހަފްތާގެ ތެރޭގައި ރިލީޒް ކުރާތީ ކަމަށާއި އަމިއްލަ އަދި ލޯކަލް ފިލްމުތަކަށް އަހައްމިއްޔަތުކަން ދިނުމުގެ ގޮތުން ކަމަށް އެގައުމުގެ ސަރުކާރުން ހާމަކުރެއެވެ.

އަދި ކުޑައީދާއި ވިދިގެން އަންނަ ހަފްތާ ހާއްސަ ކުރެވިފައިވަނީ ހަމަ އެކަނި ލޯކަލް ފިލްމުތަކަށް ކަމަށާއި އެ ހަފްތާގައި އެ ގައުމުގެ އެއްވެސް ސިނަމާއަކު ލޯކަލް ނޫން ފިލްމެއް ނޭޅުވޭނެ ކަމަށްވެސް އެ ގައުމުގެ ސަރުކާރުން އިއްޔެ ނެރުނު ބަޔާނުގައިވެއެވެ. އަދި އެބަޔާނުގައިވާ ގޮތުން ސަރުކާރުގެ އެންގުމަށް ބޯނުލަނބާ ފަރާތްތަކާއި މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެއެވެ.

ޕާކިސްތާނުގައި ފިތުރު އީދާއި ދިމާކޮށް ބޮލީވުޑްގެ ފިލްމުތައް އެޅުވުން މަނާކޮށްފައިވާއިރު ބޮލީވުޑްގެ ބައެއް ބޮޑެތި ފިލްމުތައް ރިލީޒް ކުރާ ތާރީހާއި ފިތްރު އީދުގެ ދުވަސް ވަރާއި ދިމާވެއެވެ. އެގޮތުން ސަލްމާން ހާންގެ ރޭސް 3 އަދި ޑަޓް ބަޕޮކް ސަންޖޫ ފަދަ ފިލްމުތަށް ޕާކިސްތާނުގައި ނޭޅުވޭނެއެވެ.

އެހެންކަމުން އެ ދެ ފިލްމަށް ލިބޭ އާމްދަނީ އަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު