ބޭނުންވާނެ ތަކެތި

10 ރޮށި (ކޮންމެ ރޮށްޓެއް 4 ފަޅި ކޮށްފައި، ކުދިކޮށް ކޮށާފައި)

1/2 ޖޯޑު ކެރެޓު (ކުދިކޮށް ކޮށާފައި)

1/2 ކެބެޖު (ކުދިކޮށް ކޮށާފައި)

1 ކެޕްސިކަމް (ކުދިކޮށް ކޮށާފައި)

1 ފިޔާ (ކޮށާފައި)

1 ދަޅު މަސް (ތެޔޮ)

4 ކުކުޅު ބިސް

2 މޭޒުމަތީ ސަމްސާ ޓޮމާޓޯ ޕޭސްޓް

1 ސައިސަމްސާ ހަވާދު ( ފުއްލާ ޖެހި ރީނދޫ ދަޅު)

1/2 ސައިސަމްސާ އަޖުނަމޮޓޯ ނުވަތަ 4 ތިކި ފިޝް ސޯސް

ހިކިމިރުސް ( ކުޅި ކުރަން ބޭނުން ވަރަކަށް ރާޅުކޮށް މުުރާފައި)

ކޮރިއަންޑާ ނުވަތަ ހިކަނދިފަތް އަދި ލޮނު

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ތެޔޮމަސްދަޅުގެ ތެޔޮގައި ފިޔާ މީރުކުރާނީއެވެ. ދެން ފިޔާކޮޅު ރަތްވާން ފެށީފައިމައި ޓޯމާޓޯ ޕޭސްޓް އަޅާނީއެވެ. އެއަށް ފަހު ހިކިމިރުސް އަދި ހަވާދު އެޅުމަށްފަހު ރަގަނޅަށް އެއްކޮށްލާނީއެވެ. އެއަށްފަހު މަސްދަޅު އަޅައި އެއްކޮށްލާނީއެވެ. ދެން ކެރެޓް، ކެބެޖު އަދި ކެޕްސިކަމް އަޅާނީއެވެ. އޭގެ ފަހުގައި އަޖުނަމޮޓޯ ނުވަތަ ފީޝް ސޯސް އަޅައި ރަގަނޅަށް އެއްކުރާނީއެވެ. ދެން ރޮށި އަޅައި ރަގަނޅަށް އެއްކުރުމަށް ފަހު ބިހާއި ލޮނު އެޅުމަށް ފަހު އުނދުން ނިއްވާލާނީއެވެ. އެއަށް ފަހުބ ހިކަނދިފަތް ނުވަތަ ކޮރިއަންޑާ އަޅައި ރަގަނޅަށް އެއްކުރުމަށް ފަހު ސާވް ކުރާނީއެެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔަމް ޔަމް

    ޟަގޭ އެންމެ މީރު ކޮއްތުރޮށި ޔަމް ޔަމް ޔަމް????

    • ޏަމްޏަމް

      ދޯ?