ގިނަ ބަޔަކު ބަލާ އަދި އެތައް ބައެއްގެ މަގުބޫލުކަން ލިބިފައިވާ ކިމްޕްސަން ކާޓޫނު ލިޔެފައިވާ ލިޔުންތެރިޔާ މާކް ވިލްމޯ މަރުވެއްޖެ އެވެ. މީޑިޔާ ރިޕޯޓުތައް ބުނާގޮތުން މާކް ވިލްމޯ މަރުވީ ނުރައްކާތެރި ކޮވިޑް-19 ޖެހިގެންނެވެ.

އުމުރުން 57 އަހަރުގައި ވިލްމޯ މަރުވި އިރު އޭނާގެ ކޮއްކޮ، ކޮމެޑިއަން، ލިއުންތެރިޔާ އަދި ޕްރޮޑިއުސާ ލެރީ ވިލްމޯ ކުރި ޕޯސްޓެއްގައި ބުނީ އޭނާގެ ބޭބެ މާކް އެޑްވާޑް ވިލްމޯ މަރުވެފައިވާ ކަމަށެވެ. އަދި އޭނާ މަރުވީ ކޮވިޑަށް ފައްސި ވެފައި ވަނިކޮށް ކަމަށާއި އަހަރުތަކެއް ވަންދެން އިތުރު ބަލިތަކަށްވެސް އޭނާ ފަރުވާ ހޯދަމުން އަންނަ ކަމަށެވެ.

ވިލްމޯ "ދަ ސިމްޕްސަން" ގެ ލިޔާ ޓީމުގައި ބައިވެރިވީ 2002 ވަނަ އަހަރުގައި އެވެ. އަދި އޭނާ ވަނީ 2015 ވަނަ އަހަރު ވަންދެން ސިމްޕްސަން ލިޔުމުގައި މަސައްކަތް ކޮށްފަ އެވެ.

2008 ވަނަ އަހަރު ވިލްމޯ އަށް ވަނީ އެމީ އެވޯޑު ލިބިފަ އެވެ. އޭނާ އަށް އެވޯޑު ލިބިފައި ވަނީ "އެޓާނަލް މޫންޝައިން އޮފް ދަ ސިމްޕްސަން މައިންޑް" އަށެވެ. ވިލްމޯ މިހާތަނަށް 10 ފަހަރަށް އެމީ އެވޯޑަށް ނޮމިނޭޓު ވެފައި ވެއެވެ.

ވިލްމޯ ލިޔެފައިވާ އިތުރު ލިޔުންތަކުގެ ތެރޭގައި އިން ލިވިން ކަލާ، ދަ ޕީޓީއެސް އަދި އެފް އިޒް ފޯ ފެމިލީ ހިމެނެ އެވެ. ވިލްމޯ އާއި އެކު މަސައްކަތް ކުރި ފަރާތްތަކުން ބުނަނީ ވިލްމޯ އަކީ ވަރަށް މަޖާ އަދި އެފަދަ ދެވަނަ ފަރާތެއް ނެތް ފަދަ މީހެއް ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު