ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮވިޑް-19 ގެ ހާލަތާއެކު ކުދި ވައްކަންތައް ދަނީ ގިނަ ވަމުންނެވެ. ފިހާރަ ފަދަ ތަންތަނަށް ބަޑި އާއި ވަޅި ފަދަ އެއްޗެހި ހިފައިގެން ވަދެ ވައްކަން ކުުރުން ވަނީ އާންމުވެފައެވެ. ޚާއްސަކޮށް ގިނަ އަދަަދަކަށް ފައިސާ ވަންނަ ތަންތަނުން މިފަދަ ވައްކަންތައް ކުރުން ދަނީ އާއްމުވަމުންނެވެ.

އެކަމަކު މި ފަހަރު ހިނގާފައި މިވަނީ މުޅިން އާދަޔާ ޚިޔާފު ކަމެކެވެ. އެމެރިކާގެ ކެލިފޯނިޔާގައި މީހަކު ބަޑި ހިފައިގެން ގޮސް ބިރު ދައްކައިގެން ވަަގަށް ނެގީ ފިސާ އެއް ނޫނީ އަގުބޮޑު މުދަލެއް ނޫނެވެ. އޭނާ ވަގަށް ނެގީ ކުކުޅާއި ފޮނި ކާއެއްޗެއް ކަމަށްވާ ވެފްލްސްއެވެ.

މީޑިއާ ރިޕޯޓްތަައް ބުނާ ގޮތުން އެމީހާ ޗިކެން އެންޑް ވެފްލްސް ރެސްޓޯރެންޓަށް ދިޔައީ މާސްކު ނާޅައެވެ.

އެހެންކަމުން ކޮވިޑް-19 ގެ ގައިޑްލައިންތަކާ އެއްގޮތަށް އޭނާ އަށް ޚިދުމަތް ދެވެން ނެތް ކަމަށް އެތަނުގެ ސްޓާފުން ވަނީ އޭނާ އަށް އަންގައިފައެވެ. އަދި އޭނާގެ އޯޑަރު ނަގަން އެ ރެސްޓޯރެންޓުގެ ސްޓާފުން ދެކޮޅު ހެދިއެވެ. އެ ހިސާބުން އޭނާ ވަނީ ބަޑި ނެގުމަށް ފަހު އެތަނުގައި ހުރިއްޔާ ހުރި ހުރިހާ ކުކުޅަކާއި ވެފްލްސް އެއް، ސްޓާފުންނަށް ބިރު ދައްކައިގެން ވަަގަށް ނަގައިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އޭނާ އެ ރެސްޓޯރެންޓުން އެއްވެސް ފައިސާ އެއް ގެންގޮސްފައެއް ނުވެއެވެ. ކެލިފޯނިއާގެ ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު