ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ކްރިސްޓޮފާ ޕްލަމާ މަރުވެއްޖެއެވެ. ބޭރުގެ ހަބަރު ފަތުރާ ވަސީލަތްތަކުން މައުލޫމާތު ދޭ ގޮތުގައި ފިލްމީ ތަރި ޕްލަމާ މަރުވީ 91 އަހަރުގައި އޭނާގެ އާއިލާއާއެކުގައި ހުއްޓައެވެ.

ޕްލަމާގެ ގާތް އެކުވެރިއެއް ކަމަށްވާ ލުއީ ޕިޓް ބޭރުގެ ނޫހަކަށް ބުނީ ޕިޓްއަކީ ގިނަ ބައެއްގެ ގަދަރު ލިބިފައިވާ މީހެއް ކަމަށާއި އެއީ ގައުމުގެ އަގުހުރި ގަހަނާއެއް ކަމަށެވެ.

ފޮޓޯ: ގޫގުލް

 

އޮސްކާ ވެސް ހާސިލްކޮށްފައިވާ ޕްލަމާ މަޝްހޫރުވި ފިލްމުތަކުގެ ތެރޭގައި "ދަ ސައުންޑް އޮފް މިއުޒިކް"، "ބިގިނާސް"، "އޯލް ދަ މަނީ އިން ދަ ވޯލްޑް" ފަދަ ފިލްމުތައް ހިމެނެއެވެ.

ޕްލަމާގެ ފިލްމީ ހަޔާތުގައި އެންމެ ބުރައީ އުމުރުން 80 ގެ ދުވަސްވަރެވެ. އެނާ ވަނީ އޭރު ނައިވްސް އައުޓް، ދަ އިންސައިޑާ އަދި ސްޓާ ޓެރެކްގެ ބަޔަކުންވެސް ފެނިފައެވެ.

ޓޮރޮންޓޯ އަށް އުފަން ޕްލަމާ ވަނީ ތިން ކައިވެންޏެއް ކޮށްފައެވެ. އެގޮތުން 1956 ގައި ޓޯނީ-ކާމިޔާބު ކުރި ތަރި ޓޭމީ ގްރިމްސް އާއި ކައިވެނި ކުރިއެވެ. އަދި އެމީހުންނަށް އަންހެން ދަރިއަކު ވަނީ ލިބިފައެވެ. އެއީ ޕްލާމާގެ ހުރި ހަމައެކަނި ކުއްޖާއެވެ.

ޕްލަމާ އާއި ގްރްއިމްސް 1960 ވަނަ އަހަރު ވަރިކޮށްފައި ވާއިރު އޭގެ ފަހުން އޭނާ ކައިވެނި ކުރީ ޕެޓްރީޝިއާ ލެވިސް އާއެވެ. އަދި 1970 ވަނަ އަހަރު އޭނާ ވަނީ އެކްޓަރު އަދި ނެށުންތެރިޔާ އެލައިން ޓެއިލާއާ ކައިވެނި ކޮށްފައެވެ.

ޕްލަމާ ވަނީ ފިލްމީ ދާއިރާގައި 50 ވަރަކަށް އަހަރު ވަންދެން މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު