ބޮލީވުޑް ފިލްމުތަކުގެ ތެރެއިން ނެށުމަށް ޝައުގުވެރިވާ ފަރާތްތަކާ ގުޅޭ ގޮތުން އުފައްދާފައިވާ ފިލްމު، "އޭބީސީޑީ 3" ނެރެން ހަމަޖެހިއްޖެއެވެ.

ރީމޯ ޑީ'ސޫޒާ ގެ އުފެއްދުމަށް ކަމަށްވާ އޭބީސީޑީގެ ފުރަތަމަ ފިލްމު ނެރެފައި ވަނީ 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހުއެވެ. މީގެ ދެ ވަނަ ފިލްމެއް 2015 ވަނަ އަހަރުގައި ނެރުނު އިރު އެ ފިލްމުގައި ހަރަކާތްތެރިވެފައި ވަނީ ވަރުން ދަވަން އާއި ޝްރަދާ ކަޕޫރްއެވެ.

އޭބީސީޑީގެ ފުރަތަމަ ފިލްމު ނެރުނުތާ އަށް އަހަރުވެފައިވާއިރު ފުރަތަމަ ނެރުނު ދެ ފިލްމަށް ލިބުނު ތަރުހީބާއި އެކީ އިތުރު ފިލްމެއް ނެރުމުން ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވެއެވެ.

މި ފިލްމުތަކަށްފަހު ގިނަ ނެށުންތެރިން އުފެދިފައިވާއިރު ފިލްމުތަކުގައި މޮޅެތި ނެށުންތައް ވަނީ ފެނިގެން ގޮސްފައެވެ. ރީމޯ ޑީ'ސޫޒާ އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭބީސީޑީގެ ތިން ވަނަ ބައެއްގެ ސްކްރިޕްޓު މިހާރު ނިމިފައިވާ ކަމަށެވެ.

އޭބީސީޑީ 3 ގައި ހަރަކާތްތެރިވާނީ ކޮންކޮން ތަރީންނެއް ކަން އަދި ޢާންމުކޮށްފައި ނުވާއިރު ފިލްމުގެ ޕްރޮޑަކްޝަނާއި ގުޅޭ ވަރަށް ގިނަ ކަންކަން މިހާރުވެސް ކުރިޔަށް ދާކަމަށް ރީމޯ ޑީ'ސޫޒާ ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު