ބޮލީވުޑުގައި ސީކުއަލް ފިލުމުތަކަކީ މިހާރު އެންމެ ކާމިޔާބު ފިލުމުތަކެވެ. ސަލްމާން ޚާންގެ ''ދަބަންގް''، އަޖޭ ދޭވްގަންގެ ''ގޯލްމާލް''، ޓައިގަރ ޝްރޯފްގެ ''ބާޣީ'' އަކީ ވަރަށް މަގުބޫލު ފިލުމުތަކެކެވެ.
"ބާޣީ 3" އަށްފަހު "ބާޣީ 4" ގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވާ މި ދުވަސްވަރު މި ފިލުމުގައި ޓައިގަ ޝްރޯފްއާއި އެކު ފެނިގެންދާނީ ކޮން އެކްޓްރެސްއެއްތޯ މިއީ ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ.
ބާޣީގެ މި ފިލުމުގައި ޓައިގައާ އެކު ފެނިގެންދާނީ ''ކެޑަނާތު'' ގެ ބަތަލާ ސާރާ ޢަލީ ޚާނެވެ. ބޮލީވުޑް ހަންގާމާ ރިޕޯޓްތަކުން ބުނާގޮތުގައި ސާރާ މިހާރު ދަނީ މި އެކްޝަން ފިލުމަށް އޭނާގެ ތާވަލް ސެޓްކޮށް ވަގުތުތައް ހުސްކުރަމުންނެވެ.
މީގެ ކުރިން ''ހީރޯޕަންތީ 2'' ގައި ވެސް ސާރާ ފެންނާނެ ކަމަށް އަޑުއަރާފައިވީ ނަމަވެސް މި ފިލުމު އެންމެ ފަހުން ލިބިފައިވަނީ ތާރާ ސުތާރިއާއަށެވެ. ނަމަވެސް މިފަހަރު ''ބާޣީ 4'' ސާރާއަށް ޔަގީންވާނެ ކަމަށް ބުނެފައިވަނީ މި ފިލުމުގެ ޑައިރެކްޓަރު ސާޖިދުއެވެ.
އެހެންކަމުން ''ބާޣީ 4'' ގައި ޓައިގައާ އެކު ސާރާ އަލީ ޚާން ފެނިގެންދާނެ ކަމުގެ ވަރަށް ބޮޑު ފުރުސަތެއް އޮތް ކަމަށް ބެލެވެއެވެ.
ޓައިގަރ ޝްރޯފްއަކީ ވަރަށް އަހްލާގު ރަނގަޅު ކަމަށް ކަމޭހިތައި އެހެން މީހުންނަށް އިހުތިރާމް ކުރާ އެކްޓަރެއް ކަމަށް ޑައިރެކްޓަރު ސަތިޝް ކޯޝިކް ބުނެފައިވެއެވެ. ޓައިގަ ޝްރޯފަކީ އޭނާގެ ނެށުމާއި އެކްޝަން ސްޓަންޓްތަކުން އިންޓަނެޓްގައި ގިނަ ބައެއްގެ ހިތްތައް ފަތަހަ ކޮށްފައިވާ ފަންނާނެކެވެ.
ސާރާލީމަ ތިފިލްމް ބަލާހިތް ތިކެޑުނީ
ހަމަ ދެންވެސް ފެންނާނީ ވަހީދު ކަންނޭންގެ ދޯ!!!
ކެނެރީ ނަޝީދު ލާ.