ބޮލީވުޑުގެ 90ގެ އަހަރުތަކުގެ މަޝްހޫރު ބަތަލާ ދިއާ މިރުޒާއާއި އޭނާގެ ވިޔަޕާރި ޕާޓްނަރ ވެއިބާވް ރޭކީއާއި މި އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ކައިވެނި ނިންމައިފިއެވެ.

އިންޑިޔާގެ ނޫހެއް ކަމަށްވާ ޕިންކުވިލާގެ ރިޕޯޓްތައް ބުނާގޮތުން މި ކައިވެނި ހަފްލާއަކީ އެހާ ބޮޑު ހަފްލާއެއް ނޫނެވެ. ނަމަވެސް ދެ ދުވަހަށް ކުރިއަށްދާ މި ކައިވެނި ހަފްލާއަށް ބޮލީވުޑުގައި ދިއާއާއި އެންމެ ގާތްކޮށް ފަންނާނުން ބައިވެރިވާނެ ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

ދިއާގެ ގާތް ރަހުމަތްތެރިއަކު ބުނެފައިވާ ގޮތުގައި މި ކައިވެނީގެ ހަފްލާއަށް ދަޢުވަތު ދެވިފައިވަނީ 50 މީހުންނަށެވެ. އަދި މި ކައިވެންޏަކީ އިންޑިޔާގެ ޘަޤާފީ ކައިވެންޏެއް ކަމަށާއި ކައިވެނި ރަޖިސްޓްރީ ކޮށްދޭ މީހުން ވެސް މި ކައިވެނީގެ ހަފްލާގައި ބައިވެރިވާނެ ކަމަށް ވެސް ދިއާގެ ރަހުމަތްތެރިޔާ ނޫޙަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

އިންޑިއާގެ އެހެން ކައިވެނި ހަފްލާތަކާއި ޚިލާފަށް ދިއާގެ ކައިވެނީގެ ކުރީގެ އެއްވެސް ހަފްލާއެއް ނޯންނާނެއެވެ. ''ސަންގީތު''، ''މެހެންދީ'' ފަދަ ރަސްމިޔާތުތަކެއް ނޯންނާނެ ކަމަށާއި ނަމަވެސް ކައިވެނީގެ ކުރިން ދެ އާއިލާ އެއްކޮށް ވަގުތު ހޭދަކޮށްލުމަށް ނިންމާފައިވާ ކަމަށް ވެސް ދިއާގެ ރަހުމަތްެރިޔާއާއި ހަވާލާދީ ޕިންކު ވިލާ ނޫޙުގައިވެއެވެ.

ކައިވެނީގެ ތައްޔާރީތައް ދަނީ ވަރަށް ފޯރިއާއި އެކު ކުރިއަށެވެ. ނަމަވެސް ދިއާއާއި ވެއިބާވްގެ ގުޅުމުގެ ވާހަކަ އަޑުއިވުމުން ގިނަ ބަޔަކަށް ލިބިފައިވަނީ ހައިރާން ކަމެކެވެ. އެއީ މި ދެ ބައިވެރިން އެކުގައި ފެނިފައިނުވާތީއާއި އެފަދަ އެއްވެސް އަޑެއް އަރާފައި ނުވާތީ ކަމަށް ވެސް ބައެެއް ފަރާތްތަކުން ބުނެފައިވެއެވެ.

މިއީ ދިއާ މިރުޒާގެ ދެވަނަ ކައިވެންޏެވެ.

ކިޔުންތެރިންގެ ހިޔާލު