ސިއްރުން ނުވަތަ ވަގަށް އުމުރު ދުވަހު އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ކޮންމެވެސް ދުވަހަކުން ބޭޒާރުވެ "އިންސާފުގެ ދަރުބާރުގައި" ޖަވާބުދާރީ ވާން ޖެހޭނެއެވެ. އަނބިމީހާ އަށް ސިއްރުން ލޯބިވެރިން ގެންގުޅޭ މީހުން ވެސް މިކަމުން އިސްތިސްނާއެއް ނުވާނެއެވެ.

އެމެރިކާގެ އަންހެނަކަށް އޭނާގެ ފިރިމީހާގެ ބޭވަފާތެރިކަން ބޭޒާރުވީ ފިރިމީހާ އަނބިމީހާއަށް ފޮނުވި ސެލްފީއަކުންނެވެ. ސެލްފީން ފެންނަނީ ވެސް ފިރިމީހާ އެކަންޏެވެ. ކެސީނޯއަކަށް ދިއުމުގެ ކުރިން ހޮޓަލްގައި ތައްޔާރުވެގެން ހުރެ ފިރިމީހާ އަނބިމީހާ އަށް ފޮނުވި ސެލްފީ އަކީ "ލޯބީގެ ރަމްޒެއް" ކަމަށް ފިރިމީހާ ބުނި ނަމަވެސް އަނބިމީހާ އަށް ފެނުނީ އެހެން އެއްޗެކެވެ.

ފޮޓޯގެ އެއް އަރިމަތިން ފެނުނު އަންހެނެއްގެ ހޭންޑްބޭގެއް ލޮލުގައި އަޅައިގަތުމާއިއެކު ފޮޓޯ އާއި މެދު އަނބިމީހާ ތަޙްޤީޤީ ނަޒަރަކުން ވިސްނައި މުޅި މައްސަލައިގެ ވަށައިގެން ހުރި ކަންކަން ދިރާސާ ކުރިއެވެ.

ފިރިމީހާ ގެއަށް އައުމުން ދަބަހާއި ގުޅޭ ގޮތުން އަނބިމީހާ ސުވާލު ކުރުމުން ފިރިމީހާ ފުރަތަމަ ހެދީ ދޮގެވެ. ނަމަވެސް މާގިނައިން ދޮގު ހެދުމުގެ ފުރުސަތެއް ނުލިބުނެވެ. އެންމެފަހުން އޭނާ ޖެހުނީ ކުށަށް އިއުތިރާފު ވާށެވެ.

މިހާރު ދެމަފިރިންގެ ވަރީގެ މައްސަލަ އޮތީ ކޯޓުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    މިވެސް ދެން ހަބަރުތަ

    13
    2
    • ކޭ

      ވަގު ބިޓު ފަޅާ އަރާފާނެތީ ބިރުގަންނަނީތަ؟

      5
      1
  2. އަންނި

    ވަރަށް ފުރިހަމަ ހަބަރެއް މިކަހަލަ ހަބަރުތައް ގިނަކޮއްލުން ފެނޭ.