ޓެލެވިޝަން ރޭޓިން ޕޮއިންޓުގެ ތާވަލުގެ އެންމެ ގިނަ މީހުން ބަލަމުން ދާ ޓީވި ޝޯ ތަކަށް މާ ބޮޑު ބަދަލެއް މި ދިޔަ ހަފްތާ އާއި އަޅައިބަލާއިރު އައިސްފައި ނުވިކަމުގައިވިޔަސް ޑްރާމާ ސިލްސިލާ ޔޭރިޝްތާ ކިޔާ ކެހެލާތާ ހޭ ޗާޓްގެ ފަސް ވަނަ އަށް އަރަފިއެވެ.

ޗާޓްގެ އެއްވަނައިގައި އޮތީ ކުރީ ހަފްތާއާއި އެއްގޮތަށް ރުޕާލީ ގަންގޫލީ އަދި ސުދަންޝޫ ޕާންޑޭގެ ޑްރާމާ ސިލްސިލާ އަނޫޕަމާއެވެ. މި ޝޯއަކީ އެންމެ ގިނަ މީހުން ބަލާފައިވާ ޝޯކަމުގައިވެސް ވަނީ ވެގެންގޮސްފައެވެ.

ޗާޓްގެ ދެވަނައިގައިވަނީ މިދިޔަ ހަފްތާއާއި އެއްގޮތަށް އިމްލީ ޑްރާމާ އެވެ. ގަޝްމީރު މަހަޖަނީ އާއި ސުމްބުލް ޓޯކުއީރް އަދި މަޔުރީ ދޭޝްމުކް ތަރިންގެ ގޮތުގައި ފެނިގެންދާ މި ސިލްސިލާވަނީ ޖެހިޖެހިގެން 4 ފަހަރަށް މި މަގާމް ހިފަހައްޓާފައެވެ.

ޗާޓްގެ 3 ވަނައިގައި ވަނީ އާއިޝާ ސިންހް އާއި ނީލް ބަޓް އަދި އައިޝްވާރިޔާ ޝަރްމާ ސްޓާރުންގެ ގޮތުގައި ފެނިގެންދާ ޑްރާމާ ސިލްސިލާ ގަމްހޭ ކިސީކޭ ޕިޔާރްކޭ އެވެ.

މި ދިޔަ ހަފްތާގެ ޝާޓްގެ 5 ވަނައިގަ އޮތް ކުންޑަލީ ބާގްޔާ ވަނީ މިހަފްތާގެ ޗާޓްގެ 4 ވަނަ އަށް އަރާފައިވާއިރު ރިއަލީޓީ ޝޯ އިންޑިއަން އައިޑޯލވެސްް މިވަނީ ޗާޓްގެ 4 ވަނަ މަގާމްގައެވެ.

ޗާޓްގެ 5 ވަނައިގައި ވަނީ ޝިވާންގީ ޖޯޝީ އާއި މޮހްސިން ހާން ތަރިންގެ ގޮތުގައި ފެނިގެންދާ ޔޭރިޝްތާ ކިޔާ ކެހެލާތާހޭ އެވެ. މިޝޯ ބެލުންތެރިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވަނީ ޑްރާމާގެ ތަރި ޝިވާންގީ ބޮކްސަރެއްގެ ގޮތުގައި ފެނިގެންދާ އެޕިސޯޑް ތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު