ޔޫރަޕްގެ މިހާރު ހުރި އެންމެ ގިނަ ދުވަސްވީ މީހާ މީގެ މަހެއް ކުރިން ކޮވިޑް-19 އަށް ފައްސިވިއެވެ. އެހެން ނަމަވެސް މިހާރު އޭނާ މި ވަނީ 117 ވަނަ އުފަންދުވަސް އައުމުގެ ކުރިން ވަނީ މިބަލިން ސަލާމަތްވެފައެވެ.

ފާދިރިިއެއް ކަމަށްވާ އެންޑްރޭ އުފަންވެފައިވަނީ 1904 ވަނަ އަހަރުގައެވެ. ކޮވިޑް-19 އަށް ޓެސްޓު ކުރި ފަހުން، ނަތީޖާ ލިބުނުއިރު، އޭނާ ފައްސިކަން އެނގުނީ ޖަނުއަރީ 16 ވަނަ ދުވަހުގައިކަމަށް އޭނާ ދިރިއުޅެމުންދާ ގެ ކަަމަށްވާ ސައުތު ފްރާންސް ގަ ހުންނަ ސެއިންޓް ކެތެރިން ލޭބާ ނާސިން ހޯމް ގެ ޑިރެކްޓަރ ޑޭވިޑް ޓަވެލާ ބުނެފައިވެއެވެ.

"އަހަންނަކަށް ނޭނގޭ އަހަރެން އެ ހުރި ކަަމެއް. ނޫން އަހަރެން ބިރެއްނުގަނޭ ސަބަބަކީ އަހަރެން މަރުވެދާނެތީ ބިރެއްނުގަނޭ" އެންޑްރޭ ސީއެންއެން އަށް ދިން އިންޓާވިއު އެއްގައި ބުނެފައިވެއެވެ.

އޭނާ ކޮވިޑަށް ފައްސިވިޔަސް ގައިން ބަލީގެ އަލާމާތްތަކެއް ފެނިފައެއް ނުވެއެވެ.

އެންޑްރޭ އަކީ ކުރީގެ ޓީޗަރެކެވެ. އޭނާ ފާދިރީއަކަށް ވެފައިވަނީ 1944 އަހަރުގައެވެ. އަދި އޭނާ ޓޫލަންގައި ހުންނަ ނާސިން ހޯމް އަށް ބަދަލުވެފައިވަނީ 2009 ވަނަ އަހަރުގައި ކަަމަށް ޓަވެލާ ބުނެފައިވެއެވެ.

އެންޑްރޭ އަކީ ދުނިޔޭގައި މިހާރު ދިރި ހުރި އެންމެ އުމުރުން ދުވަސްވީ ދެވަނަ މީހާއެވެ. މިހާރު ދުނިޔޭގައި ހުރި އެންމެ ގިނަ ދުވަސްވީ މީހާއަކީ ކަނޭ ތަނަކާ ކިޔާ ޖަޕާނު އަންހެނެކެވެ. އޭނާ އުފަންވެފައި ވަނީ 1903 ވަނަ އަހަރު ޖެނުއަރީ ދެވަނަ ދުވަހުގައެވެ.

ފުރާންސްގައި ދިރި ހުރި އެންމެ އުމުރުން ދުވަސްވީ މީހާކަމުގައި އެންޑްރޭ ވެފައިވަނީ 2017 ވަނަ އަހަރު އޮކްޓޯބަރު މަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު