ކޮވިޑް-19 ގެ ނުރައްކާތެރިކަން އެމެރިކާގައި އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިން ޖެހުމަށް އެޤައުމުގެ ރައްޔިތުން ވަނީ ކިޔު ހަދާލާފަ އެވެ. އަދި ބައެއް މީހުން ވެކްސިން ޖެހުމަށް ޝައުގުވެރިކަން އުފެދިފައިވާވަރު އަންގައިދޭ އެއް މިސާލަކީ ދާދިފަހުން 90 އަހަރުގެ އަންހެނަކު 6 މޭލަށް ހިނގަފައި މިވަނީ މި ސަބަބުތަކަށް ޓަކައި ކަމެވެ.

ފްރޭން ގޮލްޑްމެން ނަމަކަށް ކިޔާ މި އަންހެން މީހާ ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ ވެކްސިން ލިބެން ފެށި ހިސާބުން އޭނާ އެޕޮއިޓްމެންޓަށް އެދެން ފަށާފައިވާ ކަމަށެވެ. ފްރޭން އާއި ދަރިފުޅު ރޫތް ކޮންމެ ދުވަހަކުވެސް ވެކްސިން ޖެހުމަށް އެޕޮއިޓްމެންޓް ހޯދާ ކަމަށާއި ނަމަވެސް އެންމެ ދުވަހަކުވެސް އެކަން ކާމިޔާބުނުވާ ކަމަށް އޭނާ ބުންޏެވެ.

މިހާރު އެމެރިކާގެ ސްޓޭޓް ތަކަށް ސްނޯ ފައިބަމުންދާ މި ދަނޑިވަޅުގެ ސަބަބުންވެސް ވެކްސިންދޭ ބައެއް ކްލިކް ތަކުން ވެކްސިން ދިނުން ފަސްކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް 6 ނުވަތަ 8 އިންޗާއި ހަމައަށް އޮތް ސްނޯގަނޑުގައި އޭނާ ވެކްސިން ޖެހުމަށް ނިކުމެފައިވާ ކަމަށް ފްރޭން ބުންޏެވެ.

ހެނދުނުގެ ވަގުތެއްގައި ވެކްސިން ޖެހުމަށް ނިކުތް ފްރޭން ބުނީ އޭނާ ސްނޯގެ ތެރެއިން ހިނގާފައި ހޮސްޕިޓަލަށް ގޮސް ވެކްސިން ޖަހައިގެން އަނބުރާ ގެއަށް އައީ ކަމަށެވެ. ބޭރަށް ނުނިކުމެ ގިނަ ދުވަސްވެފައިވާ ކަމަށާއި އަމިއްލަ ކަމެއް ކުރަން އެގޮތަށް އެކަނި ނުކުތުމުން ވަރަށް ހިންގަމަޖެހޭކަމަށް އޭނާ ބުންޏެވެ.

ވިޔަފާރި ކުރުމަށާއި ރައްޓެހީން އަދި އާއިލާ އާއި އެކު އުޅުމަށް ވަރަށް ބޭނުންވާކަމަށް ފްރޭން ބުންޏެވެ. އަދި އަމިއްލައަށް ރައްކާތެރިކަން ކަށަވަރުކޮށްގެން ހުރުންވެސް މުހިންމު ކަމަށް ފްރޭން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު