ވައި ސާފު ކުރުމަށް އެއަރޕޯޓްތަކުގައި ވަރަށް ގިނަ އާލާތްތަށް ބޭނުން ކުރެއެވެ. ބޮޑު އަގުގައި އާލާތްތައް ގަނެ އެހަރު ކުރުމަށްވެސް ބޮޑެތި ޚަރަދު ތަކެއް ކުރެއެވެ. ނަމަވެސް އިންޑިއާގެ ނިއު ޑެއްލީ އެއަރޕޯޓްގައި ކަން މިކުރީ ތަފާތު ގޮތަކަށެވެ.

ޤުދުރަތީ ގޮތުން ވައި ސާފުކޮށްދޭ އެކައްޗަކީ ގަހެވެ. މިހެންކަމުން ޑެއްލީގެ އެއަރޕޯޓްގައި ވައި ސާފު ކުރުމަށް ބޭނުން ކުރީ ގަހެވެ. ޑެއްލީ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިގޮތަށް ވައިސާފު ކުރުުމަށް ޖުމްލަ 35،000 އަށްވުރެ ގިނަ ގަސް ހައްދާފައި ހުރެއެވެ.

އެއަރޕޯޓްއިން ހާމަ ކުރާ ގޮތުގައި މިގޮތަށް މިކަން ކުރުމަށް ނިންމާފައިވަނީ އެތަނުން ޚިދުމަތް ލިބިގަންނަ ކަސްޓަމަރުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމުގެ އިތުރުން، ތިމާވެއްޓާ ވީހާވެސް ރައްޓެހި ގޮތެއްގައި ކަންކަން ކުރުމުގެ މަޤްސަދުގައެވެ.

" ކޮންމެ އަހަރަކުވެސް އެތައް ސަތޭކަ ގަހެއް އިތުރު ކުރަމުން މިދަނީ. ހުރިހާ ކަސްޓަމަރުންނަށްވެސް ވަރަށް ކަމުދޭ މިގޮތަށް ގަސް ހައްދާފައި ހުރީމަ. އަނެއްކާ ތިމާވެއްޓަށްވެސް މިކަމުގެ ސަބަބުން އެތައް ފައިދާ ތަކެއް މިލިބެމުންދަނީ މިކަމުން. " އެއަރޕޯޓްގެ އޮޕަރޭޓިން އޮފިސަރަކު ވިދާޅުވިއެވެ.

ޑެއްލީ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެތެރޭގެ އިތުުރުން އެއަރޕޯޓްގެ ބޭރުގައިވެސް ގިނަ އަދަދެއްގެ ގަސްވަނީ ހައްދާފައެވެ. އެއަރޕޯޓްއިން މައުލޫމާތު ދޭ ގޮތުގައި މިގޮތަށް މިކަން ކުރުމުގެ ސަބަބުން ވައި ސާފު ކުރުމަށް ދާ ޚަރަދު ވަރަށް ބޮޑުތަން މަދުވެއެވެ.

ކިޔުންތެރިންގެ ހިޔާލު