އަނބިމީހާ ގަސްދުގައި މަރާލިކަމުގެ ދައުވާ އިންޑިޔާގެ ޤާނޫން ހަދާ މަޖިލީހުގެ މެންބަރެއްގެ މައްޗަށް ކޮށްފިއެވެ.

މިމީހާގެ އަނބިމީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ ހޮޓަލެއްގެ ތެރެއިންނެވެ. އަދި މިކަން ހިގާފައިވަނީ މީގެ ހަތަރު އަހަރު ކުރިންނެވެ. ހަތަރު އަހަރަށް ދެމިގެންދިޔަ ތަޙްޤީޤް ނިންމުމަށްފަހު ފުލުހުން ބުނެފައިވަނީ އޭނާގެ އަނބިމީހާ މަރާލައިފައިވަނީ މިމީހާގެ ފިރިމީހާކަން ސާބިތު ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށެވެ.

ފުލުހުން ދައުވާ އުފުލާާފައިވަނީ މަޖިލިސް މެންބަރެއް ކަމުގައިވާ ޝާޝީ ތޮރޫރްގެ މައްޗަށެވެ. އަދި ކޮށްފައިވަނީ ގަސްދުގައި އޭނާގެ އަނބިމީހާ ސުނަންދާ މަރާލިކަމުގެ ދައުވާއެވެ. މީގެ އިތުރުން އަނބިމީހާއަށް ގޯނާ ކުރުމުގެ ދައުވާވެސް މިމީހާގެ މައްޗަށް ކޮށްފައިވެއެވެ.

މިމައްސަލައިގެ އަޑުއެހުމެއް މިއަންނަ މަހު 13 އަށްވަނީ ތާވަލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗިއްލޫ

    މިފަދަ މީސްމީހުން ހިމަނައިގެން ގާނޫނު ހެދީމަތާ ގެރި ހިމާޔަތްކޮށްފަ، މައުސޫމް އަންހެންކުދިންގެ ހިމާޔަތްނުކުރެވިއޮތީ ރޭޕްއިންޑިޔާގަ!