އިންޑިއާގެ އަވަށެއް ކަމުގައިވާ ފަރިދްއާބާދުގައި ހިންގި އެކްސިޑެންޓްގައި ކާރެއްގައި ޖެހި އަނިޔާވި ހަތް އަހަރުގެ ގެރިޔެއް ސަލާމަތް ކޮއްފިއެވެ. މި ގެރި ސަލާމަތް ކުރުމަށް ތިން މީހުންގެ ޓީމަކުން 4 ގަޑި އިރުގެ އޮޕަރޭޝަނެއް ކުރިއެވެ.

އެކްސްރޭ ނެގުމަށް ފަހު ކުރި މި އޮޕަރޭޝަން ކާމިޔާބު ވީ ނަމަވެސް އެ ގެރީގެ ބަނޑުން 71 ކިލޯގެ ޕްލާސްޓިކު ނަގާފައިވެއެވެ. އޭގެ ތެރޭގައި ކުނި، ތިނޯސް، ވަކި ލާރި، ކުދި ބިއްލޫރި އެތިކޮޅާއި ޕިން ވަނީ ނަގާފައެވެ. މި އޮޕަރޭޝަންގައި ތިބި ތިން ޑަކުޓަރުންގެ ތެރެއިން ޑރ. ތުލް މަރުއުޔާ ބުނެފައި ވަނީ ކުރިޔަށް އޮތް ދިހަ ދުވަހު ގެރީގެ ހާލު ކްރިޓިކަލް ވާނެ ކަމަށެވެ.

ގެރިއެއްގެ ބަނޑުން ޕްލާސްޓިކް ނަަގަނީ

އިތުރަށް ޑރ. މަރުއުޔާ ބުނީ" ޕްލާސްޓިކް ފަދަ ތަކެތި ހަޖަމް ނުވެ ގިނަ ދުވަހު ބަނޑުގައި ހުރެއްޖެ ނަމަ އެ އެއްޗެހި ބަނޑުގައި ތަތްލާނެ އެވެ. މިހެން ހުންނަން ފެށުމުން ޖަނަވާރުން އެސޮރުގެ ބަނޑުގައި އަމިއްލަޔަށް ތަޅައެވެ. މީގެ ކުރިންވެސް މިކަހަލަ އެތަށް ޖަނަވާރުންނެއް އޮޕަރޭޝަން ކޮއްފައި ވާނެ ކަމަށެވެ."

ޖަނަވާރުންގެ ހައްގުތައް ހޯދަން މަސައްކަތް ކުރާ ރާވީ ދުބޭ ބުނެފައިވަނީ އާންމުން ކުނި އުކާ އިރުގައި ރައްކާތެރި ގޮތަކަށް ކުނި އުކަން ވެއްޖެ ކަމަށެވެ. ދަގަނޑު ލާރި، ޕިިން އަދި މޮހޮރު ފަދަ ތަކެތި ޖަނަވާރު ތަކަށް ކެވޭނަމަ އެސޮރުމެންގެ ގޮހޮރު ހަލާކު ވެދާނެ ކަމުގެ ބިރުއެބޮތް ކަމަށެވެ. ޖަނަވާރުންނަށް ކާން ދިނުމަށް ދަނޑު ބިމެއް ނޯންނަ ކަމަށް އޭނާ ފާހަގަ ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު