ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދާފައިވާ ތަކެތީގެ ލިސްޓުން ދުނިޔޭގެ އެންމެ ކުޑަ އެއްޗިއްސަކީ ކޮބައިތޯ އެނގޭ މީހުން މަދުވާނެއެވެ. އެންމެ ގިނައިން އަޑު އިވިފައި ހުންނާނީ އެންމެ ބޮޑު، އެންމެ ދިގު، އެންމެ ފަލަ ނުވަތަ އެންމެ ކުރު މީހުން، ތަކެތީގެ ވާހަކައެވެ.

ދުނިޔޭގައި މިހާތަނަށް އުފައްދާފައިވާ އެންމެ ކުޑަ ފިޖެޓް ސްޕިނާ އަކީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ މީހެއް އުފައްދާފައިވާ އެއްޗެވެ. މީގެ ހަތަރު އަހަރު ކުރިން، 2017 ވަނަ އަހަރު އުފައްދާފައިވާ މި ފިޖެޓް ސްޕިނާގެ ބޮޑުމިނަކީ 5.09 މިލިމީޓަރެވެ.

މައިންބީމިޓްސުމީ އިންކް އިން އުފައްދާފައިވާ މި ފިޖެޓްސްޕިނާ ހަދާފައި ވަނީ އަށް މީހުންގެ ޓީމަކުން ދެ މަސް ދުވަހުގެ މަސައްކަތުންނެވެ.

ދުނިޔޭގެ އެންމެ ކުޑަ ނޫސް ކަރުދާސް

ކޮފީތައްޓާއި އައިނު މެދުގައި މި ފެންނަނީ މިހާތަނަށް ދުނިޔޭގައި ހަދާފައިވާ އެންމެ ކުޑަ ނޫސް ކަރުދާހެވެ. މި ނޫސްގަނޑުގެ ބޮޑުމިނަކީ 18.27، 25.35 މިލިމީޓަރެވެ. މިއީ ޕޯޗުގަލްގެ ޓެރާ ނޯސްޓްރާގެ ނޫސްގަނޑުގެ އެޑިޝަން އެކެވެ.

މިއީ 2012 ވަނަ އަހަރު ނެރުނު 3000 ކޮޕީސްގެ ތެރެއިން އުފެއްދި އަސްލު ނޫސްގަނޑުގެ ކޮޕީއެކެވެ.

ދުނިޔޭގެ އެންމެ ކުޑަ ކުއްތާ

މިއީ ދުނިޔޭގައި މިހާރު އޮތް އެންމެ ކުޑަ ކުއްތާއެވެ. އިސްކޮޅުގައި 9.65 ސެންޓި މީޓަރު ހުންނަ މި ކުއްތާ ހޯދިފައި ވަނީ 2013 ވަނަ އަހަރުއެވެ. 2011 ވަނަ އަހަރުވީ މި ކުއްތާގެ ބަރުދަނުގައި އެންމެ 28 ގުރާމު ހުރި ކުއްތާ އަށް ކާންދީފައި ވަނީ އައިޑްރޮޕާ އަކުންނެވެ. ކުއްތާ ވިހެއި އިރު ސައި ސަމްސަލެއްގެ މަތީގައި ކުއްތާ ބޭއްވެއެވެ.

ދުނިޔޭގެ އެންމެ ކުޑަ ސަމްސާ

މި ސަމްސާގެ ދިގުމިނުގައި ހުންނަނީ އެންމެ 4.5 މިލިމީޓަރެވެ. ގުމްމާޑިދަލަ ނަމަކަށް ކިޔާ އިންޑިޔާ މީހަކު ހަދާފައިވާ މި ސަމްސާ ވަނީ ކުރިން އެންމެ ކުޑަ ސަމްސަލުގެ ގޮތުގައި ހޯދި ސަމްސަލަށްވުރެ ކުޑަ ވުމުން ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދައިފައެވެ. އެ ސަމްސަލުގެ ބޮޑުމިނަކީ ހަތް މިލިމީޓަރެވެ.

ކިޔުންތެރިންގެ ހިޔާލު