އުޅޭނެ ގެދޮރެއްނެތި، ކައިވެނި ކުރެވޭނޭ ފަދަ ތަނަަވަސްކަމެއް ނެތް 24 އަހަރު އެއްކޮށް އުޅެމުންދިޔަ ދެ ލޯބިވެރިން ސިއްސުވާލީ ކައިވެނީގެ ހަފްލާ އަކުންނެވެ.

50 އަހަރުގެ ރޯސަލީން ފެރާރ އާއި 55 އަހަރުގެ ރޮމެލް ބަސްކޯ އަހަރުތަކެއް ވަންދެން އުޅެމުންދިޔައީ ފިލިޕީންސްގައި ހަ ކުދިންނާއެކު ކުޑަ ޖިފުޓިއެއްގައެވެ. ވޭތުވެތިޔަ އަހަރުތަކުގައި ދެމީހުން ބުރަ މަސައްކަތް ކުރީ އެންމެން ކައިގެން އުޅެވޭ ވަރަށް ކާނާ ހޯދުމަށެވެ.

ރިޗާޑް އާއި މި ދެ ލޯބިވެރިންނާއި ދިމާވީ ދެމީހުން ކާނާ ހޯދުމަށް ޕްލާސްޓިކް ހޮވާ ވިއްކަން އުޅުމުގެ ތެރޭގައެވެ. ރިޗާޑް މި ދެމީހުންނާއި ވާހަކަ ދެއްކުމަށްފަހު ނިންމީ ދެމީހުންނަށް ކައިވެނީގެ ހަފްލާއެއް ބާއްވައިދިނުމަށެވެ. ކައިވެނި ކުރުމަށް ކުރަން ޖެހުނު ލިޔެ ކިޔުން ތަކުގެ މަސައްކަތުގައި ވެސް އޭނާ ވަނީ އެހީތެރިކަން ފޯރު ކޮށްދީފައެވެ. ރިޗާޑް ވަނީ ކައިވެނީގެ ހެދުމުގައި ދެމީހުން ފޮޓޯ ނެގުމުގެ ކަންތައް ވެސް ހަމަޖައްސައިދީިފައެވެ.

ރޯސަލީން ފެރާރ އާއި ރޮމެލް ބަސްކޯ

"އަހަރެންނަށް އެ ދެ ލޯބިވެރިން އަހަރުތަކަކަށް އުޅެމުން އައިގޮތް އަޑު އިވި، އަސަރުކޮށްގެން ކައިވެނީގެ ހަފްލާތަކަށް ބޭނުންވާ ސާމާނުގެ ވިޔަފާރި ކުރާ ރަހުމަތްތެރި އަކާ ވާހަކަ ދައްކައިގެން ކައިވެނީގެ ކަންތައް ހަމަޖައްސައިދިނީ" ޑެއިލީ މެއިލް އަށް ރިޗާޑް ބުނެފައިވެއެވެ.

ރިޗާޑް ބުނެފައިވަނީ ހަގީގީ ލޯތްބަކީ ފާހަގަ ކުރެވެން ޖެހޭ ކަމެއް ކަމަށެވެ. އެއީ މުހިންމު ކަމަކަށް ވެފައި ކިތަންމެ މުއްސަނދި ނުވަތަ ފަގީރު މީހާ ވެސް ފާހަގަ ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު