ޖޭސަން މޯމޯއަކީ ހޮލީވުޑްގެ ތަރިންގެ ތެރެއިން އޭނާގެ އިޖުތިމާއީ ޚިދުމަތްތަކުގެ ސަބަބުން އާންމުންގެ ލޯތްބާއި އިތުބާރު ހޯދާފައިވާ މީހެކެވެ. އޭނާއަކީ ވީގަން ނުވަތަ މަހުގެ ބާވަތްތައް ނުކާ މީހަަކަށް ނުވި ނަމަވެސް އޭނާ އަކީ ޖަނަވާރުތަކުގެ ހައްގުތަކަށް ވެސް ވަކާލާތު ކުލާ މީހެކެވެ.

މީގެއިތުރުން ޕްލާސްޓިކް މަދުކުރުމާއި އިސްރާފު މަދު ކުުރުން ފަދަ ކަންކަމަކީ އޭނާ ވަކާލާތުކުރާ ކަންކަމެވެ. އަދި ޖޭސަން އަކީ އޭނާ ބޭނުން ކުރާ އުފެއްދުންތަަކާއި ޕްރޮމޯޓް ކުރާ އުފެއްދުންތަކަކީ ވެސް ތިމާވެއްޓާއި ރައްޓެހިކަން ޔަގީންކުރާ މީހެކެވެ.

އެގޮތުން ޖޭސަން މޯމޯ އެންމެ ފަހުން ނެރުނު ބޫޓަކީ ޕްލާސްޓިކް ބޭނުން ނުކޮށް ހަދާފައިވާ ބޫޓެކެވެ. އެ ބޫޓަކީ ވީގަން ސްނީކާއެެވެ. ލިމިޑެޓް އެޑިޝަން އެއް ގޮތަށް ނެރުނު މި ސީރީޒްގައި ދެ ބޫޓެއް ހިމެނެއެވެ. އެ ދެ ބޫޓު ހަދާފައި ވަނީ ފެހި ބޭނުންކޮށްގެންނެވެ. އޭނާ ނެރުނު ބޫޓުތަކުގައި ދެން ބޭނުންކޮށްފައި ވަނީ ކަފަ ފަދަ ތިމާވެއްޓަށް ގެއްލުން ނުލިބޭ އެއްޗިއްސެވެ.

މި ބޫޓުތައް ލިބެން ހުރީ ދަނބު ކުލައިގެ އާއިލާ އަށް ނިސްބަތްވާ ދެ ކުލައަކުންނެވެ. އެ ދެ ބޫޓު ވެސް ޑިޒައިންކޮށްފައި ވަނީ އޭނާގެ ޓެޓޫ އާއި ގުޅުވައިގެންނެވެ. އޭގެ ތެރެއިން އެއް ބޫޓޫގައި ހުރީ ގަދަ ދަނބު ކުލައެކެވެ. އަނެއް ބޫޓޫގައި ހުރީ ވަރަށް މަޑު މަޑު ދަނބު ކުލައެކެވެ. ޖޭސަންގެ މި ބޫޓަށް ކަސްޓަމަރުންގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހދޖދި

    ތި ސޮރު ދޯ ގަންނަން ވިއަސް ލިބޭނެ ނަމަ.. 😍😍